ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ އަނުޝްކާ ޝަރްމާ އޭނަގެ ފިރިމީހާ ވިރާޓް ކޯލީއަށް ތައުރީފުކޮށްފިއެވެ.

17 އަހަރަށްފަހު އިންޑިއާއިން ޓީ20 ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމާއެކީ އަނުޝްކާ ވަނީ އޭނާގެ އޮފިޝިއަލް އިންސްޓަގުރާމުގައި ފިރިމީހާ ވިރާޓް ކޯލީ އާއި މުޅި އިންޑިއާގެ ކްރިކެޓް ޓީމަށް މަރުހަބާ ކިޔާ ފިރިމީހާ އަށް ތައުރީފުކޮށް ޕޯސްޓެއް ހިއްސާކޮށްފައެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ ފިރިމީހާ ދެކެ ވަރަށް ލޯބިވާ ކަމަށާއި އަދި އެއީ އޭނާގެ މީހެއް ކަމަށް ވަރަށް ފަހުރުވެރިވެލާފައި ބުނެވޭނެ ކަމަށެވެ. އަދި ހޯދި ކާމިޔާބަށް އޭނަވެސް ޝާމިލްވާނެހެން އުފާ ފާޅުކުރުމަށެވެ. އަދި ހަމަ އެހެންމެ އެމީހުންގެ އަންހެން ދަރިފުޅު އެންމެ ކަންބޮޑުވެފައި ވަނީ ޓީމުގެ އެހެން މެމްބަރުން ރޯތީ އެމީހުން ކައިރީ ހުންނާނީ ކާކު ކަމެއް ނޭނގޭތީ އެކަމާ ކަމަށެވެ.

އަނުޝްކާގެ މި ޕޯސްޓަށް ބޮލީވުޑްގެ ވަރަށް ގިނަ ތަރިންވެސް ވަނީ ތައުރީފު ކޮށް މަރުހަބާ ކިޔާފައެވެ. އަދި ފޭނުން ބުނަމުންދިޔައީ ދުލުން ބަޔާން ކުރަން ދަތިވާ ވަރަށް ވެސް ވިރާޓް ދެކެ ލޯބިވާ ކަމަށެވެ.

ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އިންޑިއާ އިން ހޯދާފައިވާއިރު، އެ ޓީމުން މުބާރާތް މި ނިންމާލީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ. ދެކުނު އެފްރިކާވެސް ފައިނަލަށް ދަތުރު ކޮށްފައިވަނީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ. އެ ޓީމުން މި މުބާރާތުގައި ފުރަތަމަ ބަލި ވެފައި މި ވަނީ ފައިނަލްގައި އިންޑިއާ އަތުންނެވެ.

އިންޑިއާއިން އެންމެ ފަހުން އައިސީސީ ކްރިކެޓް ވޯލްޑް ކަޕެއްގެ ތަށި ހޯދާފައިވަނީ 2011 ވަނަ އަހަރުއެވެ. 2014 ވަނަ އަހަރުގެ ޓީ20 ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެ އިންޑިއާ ބަލިވެފައިވާއިރު، އެ ޓީމުން އެންމެ ފުރަތަމަ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވަނީ 2007 ވަނަ އަހަރުއެވެ. އެފަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީވެސް އިންޑިއާގައެވެ.