ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ޕްރޮޑިއުސަރު ވިދްޔުތް ޖަމްވާލް ބުނީ އޭނަ ކޯޕްރޮޑިއުސް ކޮށްފައިވާ ފިލްމު ކްރެކް އަށް ލިބުނު ގެއްލުމުން އަރައިގަންނަން އޭނާ އަށް ޖެހުނީ ސާކަސް އެއްގައި މަސައްކަތް ކުރަން ކަމަށެވެ.

ޒޫމްއަށް ދިން އިންޓަވިއުއެއްގައި ވިދްޔުތް ބުނެފައިވަނީ އޭނަ އެންމެ ފަހުން މަސައްކަތްކޮށް އަދި ކޯޕްރޮޑިސަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފިލްމު ކަމަށްވާ ކްރެކް އަށް ބޮކްސް އޮފީހުގައި ލިބުނު ނާކާމިޔާބުގެ ސަބަބުން އޭނަ ވަރަށް ބޮޑަށް ދަރަނިވެރިވި ކަމަށެވެ. މިއީ އޭނަގެ ފުރަތަމަ ޕްރޮޑިއުސް ކުރި ފިލްމަށްވެފައި މި ފިލްމުން އޭނަ އަށް އެތައް ކުރޯޑް ރުޕީސްގެ ގެެއްލުމެއް ލިބުނު ކަމަށެވެ. އަދި އެކަމާއި އޭނާގެ ގާތް މީހުންނާއި ފޭނުން ވަރަށް ފާޑުވެސް ކީ ކަމަށެވެ. އަދި އެދުވަސްވަރު މީހުންނާއި ގުޅުން ކަނޑާލާއި އެކަމުން އަރައިގަންނަން ހަދާނެ ގޮތަކާއި ބެހޭ ގޮތުން ވިސްނި ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ވަރަށް ގާތް ރަހުމަތްތެރިޔަކާއި އެކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމުން އެ ރަހްމަތްތެރިޔާގެ އަމިއްލަ ފްރެންޗް ސާކަސް އަކަށް ގޮސް މަސައްކަތް ކުރުމަށް އެދުނު ކަމަށެވެ. އަދި އެހެން އެއްވެސް ކަމަކާއި ނުވިސްނާ ވަރަށް ސްޓްރެސް ފްރޯ ވެގެން ސާކަސްގައި މަސައްކަތް ކުރުމަށް ކަމަށެވެ. އެހެން ކަމުން އޭނަ އެގޮތަށް އެތާ 14 ދުވަސް ވަންދެން މަސައްކަތް ކުރި ކަމަށެވެ. އެހެންކަމުން 3މަހުގެ ތެރޭގައި އޭނަގެ ދަރަނި ދެއްކުނު ކަމަށާއި ލިބުނު ގެއްލުމުން އަރައިގަނެވުނު ކަމަށެވެ. އަދި އެއީ އެނާ ގަބޫލު ކުރާގޮތުގައި "މިރެކަލް" އެއް ކަމެވެ.

މި އަހަރުގެ ފެބްރުއަރީ 23ގައި އެޅުވި މި ފިލްމުގައި ވިދްޔުތްގެ އިތުރުން ނޯރާ ފަތޭހީ އާއި އެމީ ޖެކްސަންއާއި އަރްޖުން ރަމްޕާލް ފަދަ ތަރިން ހިމެނެއެވެ. އަދި މިއީ އަދިތްޔާ ދަތް ޑައިރެކްޓުކޮށް ވިދްޔުތް އާއި އައްބާސް ސައްޔިދު ޕްރޮޑިއުސްކޮށް އުފައްދާފައިވާ ފިލްމެކެވެ.