ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި އަދި އިންޑިއާގެ ސިޔާސީ ދާއިރާގެ ޝަހުސިއްޔަތެއް ކަމަށްވާ ޝަތަރުގަން ސިންހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

އޭނާގެ ދަރިއެއް ކަމަށްވާ ލަވް، ދަ އިންޑިއަން އެކްސްޕެރެސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ބައްޕަ ޝަތަރުގަން ހުންއައިސް ވަރުބަލި ވާތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ. އޭނާ އެޑްމިޓްކޮށްފައިވަނީ އިންޑިއާގެ ހޮސްޕިޓަލެއް ކަމަށްވާ ކޮކީލާބެން އަންބާނީ ހޮސްޕިޓަލުގައިއެވެ.

އެއީ އެހާ ބޮޑަށް ހާސްވާން ޖެހޭ ކަމެއް ނޫން ކަމަށާއި ދެތިން ދުވަސް ތެރޭގައި ދޫކޮށްލާނެ ކަމަށް ވެސް އޭނާގެ ދަރިފުޅު ބުނެފައިވެއެވެ.

އޭނާ އެޑްމިޓްކޮށްފައިވަނީ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ސޮނާކްޝީ ސިންހަގެ ކައިވެންޏަށް ހަފްތާއެއް ފަހުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ސޮނާކްޝީގެ ކައިވެނީގައި އޭނާ ބައިވެރި ނުވާނެ ވާހަކަ ފެތުރުނު ނަމަވެސް ޝަތަރުގަން އާއި އަންހެނުން ޕޫނަމް އާއި އެއްމާބަނޑު ދެބެން ކަމަށްވާ ލަވް އާއި ކުޝް ވެސް ވަނީ ކައިވެނީގެ ހަފްލާ އާއި ރެސެޕްޝަން ޕާޓީގައި ވެސް ބައިވެރިވެފައެވެ.

އޭނާގެ އޮފިޝިއަލް އެކްސް އެކައުންޓުގައި ވެސް ވަނީ ސޮނާކްޝީ އާއި ޒަހީރުގެ ކައިވެނީގެ ހަފްލާގެ ފޮޓޯ ތަކާއި ވިޑިއޯ ހިއްސާކޮށް ދެކުދިންނަށް މަރުހަބާ ކިޔާފައެވެ. އެދުވަހު މީޑިޔާއަށް ދިން އިންޓަވިއުއެއްގައި ރިޕޯޓަރަކު ކުރި ސުވާލަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ ދަރިފުޅު ކައިވެނި ކުރުމުން އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ. ދުނިޔޭގެ އެއްވެސް ބައްޕައަކު އެމީހެއްގެ ދަރިފުޅުގެ ކައިވެނީގައި އުފާ ނުވާންވީ ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

ޝަތަރުގަން ސިންހާ އަކީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޮކް ސަބާގެ މެމްބަރެއްގެ ގޮތުގައި ހިމެނޭ މެމްބަރެއް ކަން ވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސެއިން ޝާމް

    މީނަމީ ރައްޖޭ މީހަކޭ ކިޔައިގެން މުޅި ރާއްޖޭގެ ހަންފެތުރީ.އިންޑިޔާއަށް އަޅުގަނޑު މިވަރަކަށް ލޯބި ޖެހުނީ ވެސް ދިވެހި މަންމަ އެއްގެ ދިވެހި ދަރިއެއް ހުރެގެން މީނަ ހޯދަން ހަދައިގެން. މިސްޓޯރީ ރަގަޅަށް އެގޭނީ އައްޑޫ ބޭފުޅުންނަށް .ދީނީ މުނާފިޤުން މާނަ ނުކުރާތި ދިވެހި ބަހަކީ ވަރަށް މާނަ ފުން އަދި ބަލާޢާތްތެރި ރީތި ބަހެއް.ބަހުގެ އަގުވައްޓަން ފަތުވާ ކޮމެޓީން މަސައްކަތް ކޮށްފިންމަ އަޅުގަނޑު ކޮމެންޓް ކުރާނީ މާނަ ކުރުމަށްފަހު. ދެން އެންމެފަހުން މަޖިލީހަށް ޖެހޭނީ ދިވެހި ބަހަށް ޤާނޫނެއް ހަދަން. ރާކަނިމަސް ކާންދޭ ރަޝިޔާއަށް.

  2. ހޮޓް ނާޒިމް ސައްތާރު

    އެއީ ބާޢީ އަންނި ގެ ބޭބެ