ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ ސައިފް އަލީ ޚާން ސިއްރު އިންސްޓަގުރާމް އެކައުންޓެއް ގެންގުޅޭ ކަމަށް ބުނެފިއެވެ.

ސައިފް އަކީ ސޯޝަލް މީޑިއާ އާއި ތަންކޮޅެއް ދުރުން އުޅޭ ތަރިއެކެވެ. މީގެ ކުރިން އޭނަ ބުނެފައިވަނީ ސޯޝަލް މީޑިއާގެ އެއްވެސް އެޕެއް އޭނާ ނުގެންގުޅޭ ކަމަށެވެ. ނަމަވެސް ދާދި ފަހުން ހިންދުސްތާނީ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ އިންސްޓަގްރާމު ބޭނުން ކުރާ ކަަމަށާއި އަދި އޭނާގެ ސިއްރު އެކައުންޓެއް ގެންގުޅޭ ކަމަށެވެ. އަދި ވަރަށް މަދުން އައިޑީ އަށް ވަދެ އިންސްޓަގުރާމް ބަލާލާ ކަމަށާޢި އެހެން ނަމަވެސް އޭނާއަށް ކަމުދާ އެެއްވެސް އެއްޗެއް ނުފެންނަ ކަމަށެވެ. ކަމުދާ އެއްޗެއް ނުފެނުނު ނަމަވެސް އަދިވެސް އެޕް ޑިލީޓް ނުކުރާ ކަމަށްވެސް ބުނެފައިވެއެވެ.

ސައިފް އިތުރަށް ބުނެފައިވަނީ އަދިވެސް އޭނަ އަކީ އިންޓަނެޓުގެ އަދި ސޯޝަލް މީޑިއާގެ ފޭނެއް ނޫން ކަމަށެވެ. މީހުން ފޮނުވާ ޕީއާރް ތަކަކަށް އޭނަ އަކަށް މަސައްކަތް ނުކުރެވޭނެ ކަމަށާއި އަދި ގޮތް ނޭނގެ އެއްޗިއްސަށް ރަނގަޅު އެއްޗެކޭ ކިޔާފައިވެސް ނުދެއްކޭނެ ކަމަށެވެ. އަދި އެހެން މީހުންގެ އެކްސްޕެކްޓޭޝަނަށް އުޅުމަށް ނުނީ ބަޔަކު ފޮޓޯ އަޅައޭ ކިޔަސް އޭނާ އަކަށް ނުވާނެކަމަށެވެ. އެހެން ކަމުން އޭނަ އަށް ސޯޝަލް މީޑިއާގައި އުޅުމަށްވުރެ ދުރުގައި ހުރުންވެސް މާ ރަނގަޅު ކަމަށް ބުނެފައިވެއެވެ.

ސައިފް އާއި ހިލާފަށް އޭނާގެ އަނބިމީހާ ކަރީނާ އާއި ދަރިފުޅު ސާރާ އާއި އަބްރަހަމް އަކީ ސޯޝަލް މީޑިއާ ވަރަށް ބޮޑަށް ބޭނުން ކުރާ ތަރިން ތަކެކެވެ. ހާއްސަކޮށް ކަރީނާ އާއި ސާރާ ފާހަގަކޮށްލެވެއެވެ. އެމީހުންގެ ޕޯސްޓެއް ނުފެންނަ ދުވަހެއް މަދުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު