އިންޑިއާގެ މަޝްހުރު ލަވަކިޔުންތެރިޔާ ދަލޭރް މެހެންދިއަށް ފިލްމު ކުޗް ކައްޓީ ކުޗް މީޓީ ކުޅުމަށް ލިބުނު ފުރުސަތު ރިޖެކްޓް ކުރި ކަމަށް ބުނެފިއެވެ.

ލަވަކިޔުމުގެ ރޮނގުން ވަރަށް ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ ދަލޭރް މިހާރު މިވަނީ އޭނާގެ އެކްޓިންގެ ހުނަރުން ޑެބިއު ކުރުމަށް ތައްޔާރުވެފައެެެވެ. އޭނާ ޑެބިއު ކުރުމަށް ހަމަޖެހިފައިވަނީ އަކްޝޭ ކުމާރް އާއި އެކު ފިލްމު ވެލްކަމް ޓު ދަ ޖަންގަލް އިންނެވެ. މިއީ އޭނާގެ ފުރަތަމަ ފިލްމު ނަމަވެސް އޭނަ ބުނެފައިވަނީ މީގެ ކުރިންވެސް އޭނައަށް އެކްޓު ކުރުމުގެ ފުރުސަތު ލިބުނު ކަމަށެވެ.

އޭނަ ބުނެފައިވަނި 1998 ގައި ކުޗް ކައްޓީ ކުޗް މީޓީގައި ކާޖޯލް އާއި އެކިން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ކަމަށެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރުންނާއި ބައްދަލުކޮށް ފިލްމުގެ ލީޑުގައި މަސައްކަތްކުރާ ތަރިއަށް ވުރެ ދެގުނަ ބޮޑު އަގެއް އޭނާ ކީ ކަމަށާއި 15-20 ވަަރަކަށް މިނެޓުގެ މަޝްވަރާ އަކަށްފަހު އޭނާ އެ ފިލްމު ނުކުޅެން ނިންމި ކަމަށެވެ. އަދި އެކަމާއި އޭނަގެ ގާތް ރައްޓެހިންނާއި އާއިލާގެ މެމްބަރުން ވަރަށް ފާޑު ކީ ކަމަށްވެސް ބުނެފައިވެއެވެ.

އޭނާ އެ ނިންމުން ނިންމީ އޭރު އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށްވެސް ބުނެފައިވެއެވެ. މިއުޒިކްގެ ދާއިރާގައި ވަރަށް ކާމިޔާބު 20 އަހަރު ހޭދަކުރުމަށްފަހު މިހާރު މީ އެކްޓިންގެ ރޮގުން ކުރިއަރަންވީ ވަގުތު ކަމަށް ފެނުމުން އޭނަ ވެލްކަމް ޓު ދަ ޖަންގަލް ކުޅުމަށް އާބަސް ދިނީ ކަމަށް ވެސް އޭނަ ބުނެފައިވއެވެ.

މި ފިލްމުގެ ޑައިރެކްޓަރު އެހެމެދް ޙާން އާއި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ އަކްޝޭ ކުމާރަށް އޭނާ ވަނީ އެފަދަ ފުރުސަތެއް ދިނުމުން ޝުކުރު އަދާ ކޮށްފައެވެެ.