ބޮލީވުޑްގައި މަސައްކަތް ކުރުމުކީ ވަރަށް އުނދަގޫ ކަމެއް ކަމަށް އެމެރިކާގެ މަޝްހޫރު ތަރިއެއް ކަމަށްވާ މާކް ބެނިންގްޓަން ބުނެފިއެވެ.

ހިންދީ ފިލްމްތަައް ކަމަށްވާ "މަހަރާޖް" އާއި "ހިރާމަންޑީ" ގައި މަސައްކަތްކޮށްފައިވާ މާކް ވަނީ އޭނަގެ މި ބޮލީވުޑްގެ މަސައްކަތްތަކުގެ ތަޖުރިބާ ހިއްސާކޮށް އިންޓަވިއުއެއް ދީފައެވެ. މި އިންޓަވިއުގައި އޭނާ ބުނެފައިވަނީ އިންޑިއާގައި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގޮތާއި އޭނާގެ ސަރަހައްދުގައި މަސައްކަތް ކުރާގޮތް ވަރަށް ތަފާތު ކަމަށެވެ. މިއާއެކު އިންޑިއާގައި މަސައްކަތް ކުރަން ވަރަށް އުނދަގޫ ކަމަށް ބުންޏެވެ.

އޭނަ ބުނެފައިވަނި އިންޑިއާގައި ޝޫޓިންގެ ތެރެއިންވެސް ސްކްރިޕްޓުގެ ތަންތަންކޮޅު ބަދަލު ކޮށްލާ، ސީން ކުޑަކޮށް ރިހާސަލް ކޮށްލާ ދަސްކޮށްލަންވެސް ވަގުތު ނުލިބޭ ކަމަށެވެ. އަދި ފިލްމުގެ ހުރިހާ ކަމާކާއި ވާހަކަ ދައްކަންވެސް ޖެހެނީ އަމިއްލައަށް ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައެެވެ. އެހެން ނަމަވެސް އޭނާގެ ހިސާބުގައި މަސައްކަތްކުރާއިރު ކުރިން ސްކްރިޕްޓު ލިބި އިތުރު ބަދަލު ނުގެނެސް ސްކްރިޕްޓުގައި އިންނަ ގޮތަށް މަސައްކަތް ކުރުމަށް ވަގުތު ވެސް ލިބޭ ކަމަށާއި އަދި ފިލްމުގެ ހުރިހާ ކަމަކާއި ވާހަކަ ދައްކަން ހާއްސަ އޭޖެންޓުން ތިބޭ ކަމަށެވެ.

އޭގެ އިތުރުން އޭނަ ބުނެފައިވަނީ އިންޑިއާ ނޫން މީހަކަށް ޓޮމް އަލްޓާ ފިޔަވައި އެހެން ތަރިއަކަށް މިދާއިރާގައި އެހާ ކާމިޔާބު ވެފައިނުވާ ކަމަށެވެ. ޓޮމް އަށްވެސް ފަސޭހަ ވަނީ އޭނަ އިންޑިއާ އަށްް އުފަންވުމުން އޭނާގެ ހިންދީ އާއި އުރުދޫ އަށް ރަނގަޅުވުމުން ކަމަށްވެސް ބުނެފައި ވެއެވެ. އެހެންކަމުން މިހާރު އޭނާގެ އަމާޒަކީ ގިނައިން ލިޔުމަށާއި އަދި ޑައިރެކްޓިންގެ ގެ ރޮނގުން ކުރިއަށް ދިޔުން ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު