ކޭޕޮޕްގެ މަޝްހޫރު ބޭންޑެއް ކަމަށްވާ ބީޓީއެސްގެ މެމްބަރެއް ކަމަށްވާ ޖިންގެ އެންމެފަހުގެ މަސައްކަތްތަކުގެ މައުލޫމާތު ފޭނުންނާއި ހިއްސާ ކޮށްފިއެވެ.

ދާދިފަހުން މިލިޓަރީގެ ހިދުމަތް ނިންމާލުމަށް ފަހު ޖިން ވަނީ އޭނަގެ އާމީ އާއި އެކު ވަގުތު ހޭދަކޮށް ބީޓީއެސް ތަމްސީލުކުރުމަށް އޭނާގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރަން ފަށައިފައެވެ.

ވީވާރސްގައި ފޭނުންނާއި ވާހަކަ ދައްކަމުން ޖިން ވަނީ އާމީގެ ސުވާލުތަކަށް ޖަވާބުދީފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ އެކްޓިންގެ ދާއިރާއިން އޭނަ އަދި ނުފެންނާނެ ކަމަށާއި ނަމަވެސް މިހާރު ވެރައިޓީ ޝޯއެއްގެ ޝޫޓިންގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެ ޝޯ ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނެފައި ވެއެވެ. އަދި މިލިޓަރީގައި ހުރެ އޭނާ ކުރަން ވިސްނާފައިވާ ކަންތައްތައް މަޑު މަޑުން ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

އެހެން މީހަކު އޭނާގެ ލަވަ "ސުޕާ ޓޫނާ" މި ލަވަ ނިކުންނާނެ ދުވަހަކާއި ބެހޭ ގޮތުން އެހުމުން އޭނާ ބުނެފައިވަނީ މިހާރު ބީޓީއެސްގެ އެހެން މެމްބަރެއްކަމަށްވާ ޖިމިންގެ އާ އަލްބަމް ނެރުމަށް ހަމަޖެހިފައިވާ އިރު އޭނާ ބޭނުންވަނީ ފުރަތަމަ ޖިމިންގެ އަލްބަމް ނެރުމަށް ކަމަށާއި މިއާއެކު އޭނާގެ އެ ލަވަ ނެރުން ލަސްކޮށްފައިވާ ކަމަށެވެ.

މިހާރު މިލިޓަރީގެ ހިދުމަތުގައި ބޭންޑުގެ އެހެން މެމްބަރުން މަސައްކަތް ކުރަމުންދާއިރު ދެން އެންމެ އަވަހަށް ހިދުމަތް ފުރިހަމަ ކުރާ ޖޭހޯޕް އަންނަ ދުވަސް ކައިރި ވެއްޖެ ކަމަށް ބުނުމުން ޖިން ވަނީ ޖޭހޯޕް އަށްވެސް މެސެޖެއް ދީފައެވެ. ޖިން ބުނެފައިވަނީ އޭނަވެސް އެނބުރި އައިސް އެންމެ ދުވަހަކަށް އަރާމް ކުރި ކަމަށާއި އަދި ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށެވެ. ޖޭހޯޕްވެސް އައިސް ހަމަ އެގޮތަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

ޖޭހޯޕް އަންނަނީ އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާމީ

    ސޮރީ. ބަޓް ހީޒް ނޮތް އެން އެކްތާ