ގޭތެރޭގައި ލުމަށް ހާއްސަ ފައިވާން ބެހެއްޓުމަކީ ގިނަ އަދަދެއްގެ ދިވެހިންވެެސް ކޮށްއުޅޭ ކަމެކެވެ. ގިނަ ފަހަރު އެ ފައިވާާންތައް ވެގެންދަނީ އެކި ގޭގެ އެކި ތަންތަނުގައި ގިނަވެފައި ހުންނަ އެއްޗެހިތަކަށެވެ.

ނަމަވެސް ކާރު އުފެއްދުމަށް މަޝްހޫރު ކުންފުނި "ނިސާން" އިން މިހާރު މިވަނީ އެ މައްސަލައަށް ހައްލެއް ގެނެސްފައެވެ. ނިސާން އިން ދާދި ފަހުން ވަނީ ގޭތެރެ ސާފު ތާހިރުކޮށް ބެހެއްޓުމަށް އަމިއްލައަށް ވަކިތަނެއްގައި "ޕާކް" ކުރާ ފުރޮޅުލީ ފައިވާާނެއް ތައާރަފު ކޮށްފައެވެ. މި ފައިވާން ގޭތެރޭގެ ކޮންމެތަނަކަށް އެއްލާފައި އޮތް ނަމަވެސް އަމިއްލައަށް ކަނޑައެޅިފައިވާތަނަކަށް އެނބުރި ގޮސް އެތަނެއްގައި ކާރެއް ފަދައިން އަމިއްލައަށް "ޕާކް" ކުރެއެވެ.

މި ފައިވާނުގައި ހިމެނިފައި ވަނީ ނިސާން ކުންފުނިން އުފައްދާ ކާރުތަކުުގައި ވެސް ހުންނަ ސޮފްޓްވެއާއެކެވެ. މި ސޮޮފްޓްވެއާގެ ނަމަކީ "ޕްރޯ ޕައިލެޓް ޕާކިން ސިސްޓަމް"އެވެ. އަދި ފައިވާާނުގެ ތެރޭގައި ސެންސަރުަތަކާއި މޯޓަރުުތައް ފޮރުވިފައި ހުރެއެވެ. އޭގެ ފޮރޮޅުތައް ނިކުންނަނީ ހަމައެކަނި އޭގެ ބޭނުން ޖެހުނީމައެވެ.

މިހާރު މިފައިވާން ބޭނުން ކުރަމުން ދަނީ ޖަޕާނުގައި ހުންނަ ހޮޓަލެއްގައެވެ. އެ ފައިވާނަށް ކަސްޓަމަރުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބެމުންދެއެވެ.

އަދި އެ ފައިވާން އާންމުންނަށް ވިއްކަން ނުފަށާ ކަމަށް ނިސާން އިން ބުންޏެވެ. ބެލެވިފައިވާ ގޮތުގައި އެ ފައިވާން ބޮޑަށް އަމާޒުކޮށްފައި ވަނީ ޓުއަރިޒަމް އިންޑަސްޓްރީއަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބަރަކިނިސާން

    ތިޔައިގެ ސެކަންޑް ހޭންޑް އެއްޗެހި ވެސް އަދި މާރުކޭޓަށް ނިކުންނާނެ އުތަ؟
    އާދައިގެ ބާ ކާރުގަނޑަކަށް ވުރެ އަގުހެޔޮވާނެ ކަމަށް އުއްމީދު ކުރަން.