އެންމެ ބާރަށް ކުރިއަރަމުން އަންނަ އެޕަލް ކުންފުނިން ޚާއްސަ އެހީއަށް ބޭނުންވާ މީހުނަށް ޚާއްސަ އެމޮޖީތަކެއް ތައާރަފް ކުރުމަށް ޕުރަޕޯސަލް ހުށައަޅައިފިއެވެ.

މީޑިޔާ ރިޕޯޓްތަށް ބުނާގޮތުގައި އެމޮޖީތަށް އެޕްރޫވް ކުރާ ފަރާތްކަމަށްވާ ޔުނިކޮން ކޮންސޯޓިއަމްއަށް 13 އެމޮޖީއެއް އެޕްރޫވް ކުރަން ފޮނުވާފައިވާކަމަށެވެ.

އެޕްލްއިން ބުނާ ގޮތުގައި މިކަން ކުރުމުގެ މަޤްސަދަކީ އެމޮޖީގެ ޒަރިއްޔާއިން ބޮޑެތި ވާހަކަތައް ބުނެވޭކަމަށާއި ނަމަވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިޙްސާސްތަށް ދެނެގަތުމަށް އެމޮޖީއެއް ނެތުމާއެކު، އެކަންކޮށް އެމީހުންގެ އިޙްސާސްތަކަށްވެސް އިޙްތިރާމް ކުރުން ކަމަށެވެ. އެޕަލް އިން އިރުތަށް ބުނެފައިވަނީ ދުނިޔޭގެ ކޮންމެ 7 މީހަކުން އެކަކީ މިފަދަ ކޮންމެވެސް ކަހަލަ އެހީއަކަށް ބޭނުންވެފައިވާ މީހެއް ކަމަށާއި، މިހެންކަމުން މިފަދަ އެމޮޖީތަކެއް ތައާރަފް ކުރަން މިހާރުމާ ލަސްވެފައިވާކަމަށެވެ.

އެޕަލްއިން އެމޮޖީތަށް ހެދުމުގައި މައިގަނޑު 4 ދާއިރާއަކަށް ވިސްނާފައިވެއެވެ. އެއީ ލޮލަށް ނުފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުނަށާއި، އަޑު ނީވޭ މީހުނަށާއި، ހަރަކާތް ކުުރުމުގައި ދަތިތަކެއް ދިމާވާ މީހުނަށާއި އަދި ބޭރު ފުށައް ނުފެއްނަ ނުކުޅެދުންތެރިކަން ހުންނަ މީހުނަށެވެ.

އެޕަލްގެ މިމަސައްކަތަކަށް ގިނަ ބައެއްގެ ތައުރީޕްދަނީ އޮހެމުންނެވެ. އަދި އެޕަލް އިން މި އުފެއްދި އަދި ނެރެން އުލޭ މި 13 އެމޮޖީ ފޯނު ބޭނުން ކުރާ ފަރާތްތަކުގެ މެދުގައި މަޤްބޫލު ވާނެކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު