ފޮތެއްހެން ފަށްޖަހައިލެވޭ އައިފޯނެއް މަޝްހޫރު އެޕަލް ކުންފުނިން އުފައްދަން ނިންމައިފިއެވެ.

މި ފޯނު އެންމެ ލަސްވެގެން 2020 ގައި ލޯންޗް ކުރަން ނިންމާފައިވާ ކަމަށް ބޭންކް އޮފް އެމެރިކާ މެރިލް ލީންޗްގެ އިސް އޮފިޝަލަކު ވަނީ ހާމަކޮށްފައެވެ.

އެޕަލް އިން ފަށްޖަހައިލެވޭ އައިފޯނެއް ހެދުމުގެ މަސައްކަތް ފަށާފައިވާ އިރު ސެމްސެންގާއި ލެނޯވޯ އިން މީގެ ކުރިން މި ވައްތަރުގެ ފޯންގެ ސާމްޕަލްތަކެއް ވަނީ ދައްކާލާފައެވެ. ނަމަވެސް އަދިވެސް ފޯން ބާޒާރަށް ނެރެވޭ ގޮތެއް ނުވެ އެވެ.

އެޕަލްގެ މި ޕްރޮޖެކްޓް ކާމިޔާބު ވެއްޖެ ނަމަ ފަށް ޖެހޭ ފޯން ފުރަތަމަ އުފައްދާ ބާޒާރަށް ނެރެ އާންމުނަށް ފޯރުކޮށް ދޭނީ އެޕަލް އިންނެވެ. މީގެ ކުރިން އަޑު އަރާފައިވާ ގޮތުން އެޕަލް އިން ފަށްޖަހައިލެވޭ އައިފޯން ފަރުމާ ކުރަނީ އެލްޖީއާ ގުޅިގެންނެވެ.

މި ވައްތަރުގެ ފޯނު ވެގެން ދާނީ މިހާރު އާންމުކޮށް މި ބޭނުން ކުރާ އައިފޯންތަކަށް ވުރެ ސައިޒްގެ ގޮތުން ތަފާތުތަކެއް ހުންނާނެ އުފެއްދުމަކަށެވެ.

އެޕަލްގެ މި ފޯނު ބާޒާރަށް ނެރެން ދެން މާ ގިނަ ދުވަހެއް ވެސް ނެތުމާ އެކު، ފޯން ސަޕްލައިކޮށް، އޭގެ ވިޔަފާރި ކުރާ ކުންފުނިތަކަށް އާ ފޯނާ ބެހޭ މައުލޫމާތު ވެސް އެޕަލް އިން މިހާރު އަންނަނީ ފޯރުކޮށް ދެމުންނެވެ.

ސްމާޓްފޯން އިންޑަސްޓްރީގައި ރަސްކަން ކުރަމުން އަންނަ "އެޕަލް" އިން އެކުންފުނީގެ އައިފޯނު ސީރީޒްގެ އިތުރު ތިން ފޯނު، މި އަހަރު ނެރޭނެކަންވަނީ ދާދި ފަހުން ހާމަކޮށްފައެވެ، މި އަހަރުގެ ފަހުކޮޅު މި ފޯނުތައް ލޯންޗުކުރާނެކަމަށް ބެލެވުނުކަމުގައިވިޔަސް، ސީދާ ތާރީޚެއް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުއާފާ

    ސަޅި

  2. pgrfdcmpxk

    Fotheh Hen Fah Jahaa Levey iPhone Eh Apple In Ufahdhany - Vaguthu
    apgrfdcmpxk
    [url=http://www.g60r3l46sks8x2986pju17s9qf472azms.org/]upgrfdcmpxk[/url]
    pgrfdcmpxk http://www.g60r3l46sks8x2986pju17s9qf472azms.org/

  3. އެޕަލް

    މި 2021 ތިޔަ ބުނަާ ފޯނެއް ނެރެވިއްޖެތަ؟