މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް ޖޭމްސް ކެމެރެންގެ "އެވެޓާ"ގެ ރޯލް ފުރަތަމަ ކުޅެން ލިބުނީ އޭނާ އަށް ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ގޯވިންދާ ބުނުމުން މީސް މީޑިއާގައި ގޯވިންދާ އަަށް ޖޯކް ޖަހަން ފަށައިފިއެވެ.

އިންޑިއާގެ މަޝްހޫރު ޓީވީ ޝޯއެއްގައި ގޯވިންދާ ބުނީ އެވެޓާގެ ޑައިރެކްޓަރ ޖޭމްސް ކެމެރެން ފުރަތަމަ އެފިލްމުގެ ރޯލް އޭނާ އަށް ހުށައެޅި ކަމަށާއި ރޯލް ދޫކޮށްލީ ހަށިގަނޑުގައި ކުލަޖައްސަން ޖެހުމުން ކަމަށެވެ.

މި ވާހަކަތަކާއި ގުޅިގެން މީސް މީޑިއާގައި މިހާރު ދަނީ ގޯވިންދާ އަށް ޖޯކް ޖަހަމުންނެވެ. އަދި ޓްރޯލް ކުރަމުންނެވެ.

2009 ގައި ޖުމްލަ 237 މިލިއަން ޑޮލަރުގެ ބަޖެޓަކުން ނެރުނު "އެވެޓާ" އަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް އޮތް ފިލްމެވެ. އެ ފިލްމަށް 2.788 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.

އެވެޓާ" ގެ ހަތަރު ފިލްމެއް ސިނަމާތަކަށް ގެންނަން ޕްލޭންކޮށްފައިވާ އިރު، ސީކްއެލްތަކުގެ ފުރަތަމަ ބައި "އެވެޓާ 2" ތާވަލުކޮށްފައި ވަނީ ޑިސެމްބަރު، 18، 2020 އަށެވެ.

"އެވެޓާ" ސީކްއެލްތައް މި ފަހަރު ޕެންޑޯރާ ދުނިޔޭގެ ކަނޑުއަޑީގެ ހާދިސާތަކަށް ވަރަށް ބޮޑަށް ބިނާކޮށްފައިވާ އިރު، ފިލްމުން މި ފަހަރު ކުޑަކުދިންތަކެއް ވެސް ފެނިގެން ދާނެ އެވެ.

"އެވެޓާ" ގެ ތިން ވަނަ ބައި ސިނަމާ އަށް ގެންނާނީ ޑިސެމްބަރު 17، 2021 ގަ އެވެ. ހަތަރު ވަނަ ބައި ޑިސެމްބަރު 20، 2024 ގައި ގެނެސް ދިނުމަށް ފަހު، ފަސް ވަނަ ބައި ރިލީޒް ކުރާނީ ޑިސެމްބަރު 19، 2025 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ނަސީބެއްނު ކަލޭ ތި ފިލްމު ނުކުޅުނުކަން! ކަލޭ ތި ފިލްމު ކުޅުނުނަމަ ސިނަމާތަކަށް ވަންނަ މީހުން ދެން ނުވެސް ނުކުންނާނެ! ކަލެޔަށް މަލާމާތްކުރަން އެތަނުގައި ތިބޭނީ!

    15
    2
  2. އ. ޖ. އ

    މަށަށް ވެސް ޖޯކު

    8
    3