އިންޑިއާގެ ކަލިނަގަރް ޓައުންގައި އައިސްކްރީމް ޓްރޮލީއެއްގެ ތެރެއަށް ފިލަން ވަން ފިރިހެން ކުއްޖަކު މަރުވި މައްސަލައެއް ފެންމަތިވެއްޖެއެެވެ. މި ކުއްޖާ މަރުވެފައި ވަނީ ހާސްވެގެންނެވެ.

އުމުރުން ފަސް އަހަރުގެ މި ކުއްޖާ މަރުވެފައި ވަނީ، ރައްޓެހިންނާއެކު ފިލާ ގޭމް ކުޅެން އުޅުނިކޮށް،ފިލުމަށް އައިސްކްރީމް ޓްރޮލީ ތެރެއަށް ވަދެގެން އޮއްވާއެވެ. އުމުރުން ފަސް އަހަރުގެ މި ކުއްޖާ މަރުވީ އެ ޓްރޮލީ ބަންދު ކުުރުމުން ހާސް ވެގެންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ނާސަރީގައި ކިޔަވަމުން އަންނަ އަތަރްވް ގުޕްތާ ނަމަކަށް ކިޔާ މި ކުއްޖާ ފިލުމަށްފަހު ނުފެނިގެން އެންމެ ފަހުން މި ކުއްޖާ ހޯދުމުގެ މަސައްކަތް ކުރީ އާއިލާ މީހުންނެވެ. އޭނާ ހޯދުމަށް މުޅި ސަރަހައްދު ހޯދިއެވެ.

މިގޮތަށް ހޯދަމުން ދަނިކޮށް މަގުމަތީގައި ޕާކްކޮށްފައި އޮތް އެ އައިސް ކްރީމް ޓްރޮލީގެ އައިސް ޗެމްބާ ހުޅުވީ އަތަރްވް ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ މީހެކެެވެ. އަތަރަވް ފެނުނީ އޭގެ ތެރޭގައި މަރުވެފައި އޮއްވާ އެވެ.

މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިނުވާއިރު، މި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ވެއެވެ.