މަތިންދާ ބޯޓު ތެރޭގައި މާބަނޑު އަންހެނަކު ވިހެއުމުން ބޯޓުގެ މިސްރާބް ކުވައިތްއަށް ބަދަލުކޮށް ކުވައިތްގެ އެއާޕޯޓަށް ކާމިޔާބު ކަމާއެކު ބޯޓު ޖައްސައިފިއެވެ.

ދޯހާ އިން ބެއިރޫތްއަށް ދަތުރުކުރަމުންދިޔަ އެ ބޯޓު ޑައިވާޓްކޮށްފައި ވަނީ އިރާގުގެ ވައިގެ ސަރަހައްދަށް ބޯޓު ވަންތަނާހެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިޑިލް އީސްޓް އެެއާލައިންގެ ފްލައިޓެއްގައި ދަތުރުކުރަމުންދިޔަ މި ފިލިޕީންސްއަށް ނިސްބަތްވާ މި އަންހެން މީހާ ވިހާފައި ވަނީ ފާހަނަ ތެރޭގައެވެ. އޭނާ ވިހާފައި ވަނީ އަންހެން ކުއްޖެެކެވެ. އަދި ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާ ވިހެއުމުން ފްލައިޓްގެ ކްރޫއިން އެ އަންހެން މީހާއަށް އެހީތެރިވުމުގައި ހަރަކާތްތެރިވިއެވެ. އަދި އެ ފްލައިޓް ކުވައިތްގައި ޖައްސަން ދެން ކްރޫއިން އެ އަންހެންމީހާއާއެކު ހުރި ކަމަށް ރިޕޯޓްތައް ބުނެއެެވެ.

މަތިންދާ ބޯޓު ތެރޭގައި އާއްމުކޮށް ވިހާ ކުދިންނަށް އެއާލައިންގެ ފަރާތުން ހަދިޔާ ދެއެވެ. އެގޮތުން މި ކުއްޖާއަށްވެސް ހާއްސަ ހަދިޔާއެއް ދިބުމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެހެން ނަމަވެސް މި އެއާލައިނުން އަދި އެފަދަ ނިންމުމެއް ނިންމިކަން ޔަގީނެއް ނޫނެވެ.