ޓެކްނޮލެޖީގެ ގޮތުން ދުނިޔެ އެތައް ތަނަކުން ކުރީގައި އުޅޭ އިރު، ފޯނުގައި ހުންނަ އެކިއެކި އެޕްލިކޭޝަންތައް ބޭނުން ކޮށްގެން މީހާގެ ބުރުސޫރަ ބަދަލު ކުރުމީ މިހާރު އާއްމު ކަމެކެވެ. ގިނަ ފަހަރަށް އެހަރެމެންނަށް ފެންނަ އެއްޗެހި ގަބޫލު ކުރެވުނު ނަމަވެސް، މި ހާދިޘާ ކިޔުމަށް ފަހު މިފަދަ ކަމެއް ގަބޫލު ކުރަން ފަސް ޖެހޭނެއެވެ.

ކިއާއޯ ބިލުއޯ އަކީ ޗައިނާގެ މަޝްހޫރު ވްލޮގަރެކެވެ. އޭނާގެ ރީތި ކަމަށް އެތައް ބަޔަކު ތައުރީފު ކުރާ އިރު، އޭނާ އަކީ 58 އަހަރުގެ މުސްކުޅި އެއް ކަން ފަޅާ އެރީ ލައިވް ސްޓްރީމެއްގައި ދިމާވި ޓެކްނިކަލް މައްސަލަ އެއްގެ ސަބަބުން އޭނާ ބޭނުން ކުރަމުން އައި ފިލްޓަރު ދިއުމުންނެވެ. މިއާއި އެކު އެ މަންޒަރު ލައިވް ކޮށް ބަލަން ތިބި އެތައް ހާސް ބަޔަކު ވަނީ ބިލުއޯގެ އަސްލު ސިފަ ފެނިފައި އޭނާ އަންފޮލޯވެސް ކޮށްފައެވެ.

ބައެއް މީހުން ބިލުއޯ އަންފޮލޯ ކުރި ނަމަވެސް، މި ހާދިޘާގެ ކުރިން އޭނާގެ ފޮލަވަރުން އުޅުނީ އެއް ލައްކައިގައެވެ. އެކަމަކު މިހާރު އެ އަދަދު ވަނީ 6 ލައްކަ އަށް އިތުރު ވެގެން ގޮސްފައި ކަން ފާހަގަކޮށްލެވެއެވެ.

ބިލުއޯ ބުނެފައިވާ ގޮތުން އެ ކަމަކީ އޭނާގެ ފޮލޯވަރުން ގިނަ ކުރަން ޖެއްސި ސްޓަންޓެކެވެ. އަދި އޭނާ އަކީ ފޮޓޯ އިން އެ ފެންނަ ޒުވާން އަންހެން ކުއްޖާ އެވެ. ނަމަވެސް، އޭނާގެ އެ ވާހަކަ ތަކާއި މެދު ބޮޑެތި ސުވާލު ތަކެއް ވަނީ އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަކުުރުސްތާނު

    ހަހަހަ ތީގެ ކިތައް މީހުން އުޅޭ!

    21