އުމުރުން ހަތް އަހަރުގެ އިންޑިއާ ކުއްޖެއްގެ އަނގައިން 526 ދަތް ނަގައިފިއެވެ.

ޗެންނާއިގައި ހުންނަ ސަވީތާ ޑެންޓާލް ކޮލެޖުގައި ކުރިއަށް ދިޔަ ފަސް ގަޑިއިރުގެ އޮޕަރޭޝަނެއްގައި ކުއްޖާގެ އަނގައިން ދަތްތައް ނަގާފައިވާއިރު، ޑޮކްޓަރުން ވަނީ މިއީ ވަރަށް މަދުން ނޫނީ ނުކުރާ ސާޖަރީއެއް ކަމަށް ބުނެފައެވެ.

މި ކުއްޖާއަކީ ދަތްދޮޅި ދުޅަވެގެން ޑޮކްޓަރަށް ދައްކަން ދިޔަ ކުއްޖެކެވެ. ކޮމްޕައިންޑް ކޮމްޕޮސިޓް އޮންޑޮޓޮމް ނަމަކަށް ކިޔާ މި ކޭސްއަކީ ވަރަށް މަދުން ފެންނަ ކޭސްއެއް ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

މި ކުއްޖާގެ މައިންބަފައިން ބުނީ، އުމުރުން ތިން އަހަރުން ފެށިގެން މި ކުއްޖާ އަނގަ ދުޅެވެގެން އުޅޭ ކަމަށާއި، އެހެން ނަމަވެސް އެއިރު އެކަމާއި މާބޮަޑަށް އަޅާ ނުލާ ކަމަށެވެ.

އެހެން ނަމަވެސް އޭގެ ފަހުން އޭނާގެ އަނގަ މާބޮޑަށް ދުޅަވެގެން ޑޮކްޓަރަަށް ދައްކަން ދިޔައީއެވެ. އަދި އޭނާގެ އަނގައިގެ އެކްސްރޭ އާއި ސީޓީ ސްކޭންއެއް ހެދިއެވެ. އެއިން އެނގުނުގޮތުގައި، އެ ކުއްޖާގެ ކަނާތު ތިރީ ދަތް ދޮޅިއާއި ދިމާލުމުގައި އިތުރު ބައިވަރި ދަތްތައް ހުރި ކަމެވެ.

އަދި ޑޮކްޓަރުން ވަނީ، އޭނާގެ އަނގަ ތެރެއިން ބައިވަރު ދަތްތައް ހުރި އެ ބައި ނެގުމަށް އޮޕަރޭޝަނެއްކޮށް 526 ދަތް އޭނާގެ އަނގައިން ނަގާފައެވެ. އެ ދަތްތަކުގެ ތެރޭގައި ބޮޑު، ކުޑަ އަދި މެދު ސައިޒްގެ ދަތްތައްވެސް ހުރި ކަމަށް އޭނާ ބުންޏެވެ.

އަދި އޭނާގެ ހާލު ތިން ދުވަސް ފަހުން ރަނގަޅުވެފައިވާކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު