އެއްމާބަނޑު އަންހެން ދެ ފުލުހެއްގެ ފޮޓޯ މިހާރު މީސް މީޑިއާގެ ގިނަބައެއްގެ ސަމާލުކަން ލިބެމުން އެބަދެއެވެ. ޕޮލިސް ކޮލެޖުން ދާދި ފަހުން ގްރެޑުއޭޓްވި މި ދެ މީހުން މީސް މީީޑިއަށް ލި ފޮޓޯއަކާއެކު ދެ މީހުންނަށްވެސް އެތައް ބައެއްގެ ހިތްދެވިގެން ދިޔައެވެ.

ނިއުޒިލޭންޑަށް ނިސްބަތްވާ ކޮންސްޓަބަލް ޝަވްން ވެލްޓާސް އާއި ކްރެއެސްޓާ އެމްސީ ކުއީން އަކީ އެއްވަތަރު ޖަހާ ދެ މީހުން ކަމުން، އެކުގައި މަސައްކަތް ކުރާ މީހުންނަށްވެސް ތިބެނީ އޮޅިފައެވެ.

މި ދެމީހުންނަކީ އެއްމާބަނޑު ދެ މީހުންގެ އިތުރުން، ގާތްގަނޑަކަށް ހުރިހާ ކަމެއްހެން އެއްގޮތެވެ. އަދި ދެމީހުންގެ ހެދުން އެޅުމުގެ ވައްޓަފާޅިވެސް ހުންނަނީ އެއްގޮތަށެވެ.

ދެމީހުންވެސް ފުލުހުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނައިރު، ގިނަ ބަޔަކު މިހާރުވެސް ބުނަމުން ދަނީ އެ ދެމީހުން ވެގެން ހައްޔަރުކޮށްދިނުމަށެެވެ. އެއީ ދެމީހުންގެވެެސް ރީތިކަމުގެ ސަބަބުން ކަމަށް އެ މީހުން ބުނެއެވެ.

މި ދެ މީހުން ފުލުހުންގެ ވަޒީފާއަށް ވަނީ އެކު އެކީގައެއް ނޫނެވެ. އެންމެ ފުރަތަމަ ފުލުހަށް ވަނީ ވަލްޓާސްއެވެ. އެމްސީ ކުއީންއަކީ ކުރިން ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ތަމްރީން ވަމުން އައި މީހެކެވެ.

ވަލްޓާސް ބުނީ، އޭނާ ފުލުހަށް ވަންނަން ބޭނުންވީ ކުޑައިރު އޭނާއަށް އަނިޔާކުރި ބައެއްކައިރިން އޭނާ ސަލާމަތްކޮށްދިން ފުލުސް މީހާގެ މަސައްކަތް ފެނިގެން ކަމަށެވެ. އޭގެ ފަހުން އޭނާ ފުލުހަށް ވަންއިރު، އޭނާގެ ފިރިމީހާވެސް މަސައްކަތް ކުރަމުން ދަނީ ފުލުހެއްގެ ގޮތުގައެވެ.

އަދި އޭގެ ފަހުން އެމްސީ ކުއީން ފުލުހަށް ވަންނަން ބޭނުންވީ ވަލްޓާސްގެ މަސައްކަތްތައް ފެނިގެންނެވެ. އަދި އޭނާވެސް މަސައްކަތް ފެށީ ވަލްޓާސްއާއެކު ފުލުހެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ.

މި ދެ މީހުންވެސް މަސައްކަތް ކުރަމުންދަނީ ޕޮލިސް ކޮންސްޓަބަލްއެއްގެ ގޮތުގައެވެ. އަދި މަސައްކަތް ކުރަމުން ދަނީ ނިއުޒިލޭންޑް ފުލުހުންގެ ފޯސްގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    އާދައިގެ ހެދުމެއްގަ އަސްލަށް ވަރަށް ހުތުރު ވާނެ..އެވަރަށް ހެދިފަ ތިބީމަ...

    15
    2