ފަލައޭ ކިޔަންޏާ ގިނަބަޔަކު ވަރަށް ފޫހިވެއެވެ. އެކަމާ ރުޅިވެސް ގަދަވެއެވެ. ބައެއް ފަހަރު އެހެން ކިޔާ މީހާއާ ދިމާއަށް އެއްޗެހި ކިޔާ މާރާމާރި ހިންގަންވެސް ބޭނުންވެއެވެ. ފަލަ މީހުންނަށް ކުރާ މަލާމާތްތައް ހުއްޓާލުމަށް ގޮވާލާ ކެމްޕޭންވެސް ކުރަމުން ދެއެވެ.

ފަލަ މީހުންނާއި ދިމާއަށް އެއްޗެހި ކިޔަމުން އަންނައިރު، ދާދި ފަހުން ޗައިނާ އަންހެނަކު މި ވަނީ، އޭނާ ފަލަކަމުގެ ވާހަކަދެއްކި ލޯބިވެރިޔާއަށް އަނިޔާކޮށް މަރާލާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ދެ މީހުން ލޯބީގެ ގޮތުުން ގުޅިގެން އުޅޭތާ ވީ އެންމެ މަހެކެވެ. އެ އަންހެން މީހާ އޭނާގެ ލޯބިވެރިޔާ މަރާލީ އެ އަންހެން މީހާ މާގިނައިން އައިސްކްރީމް ކާން އުޅުމުން، އެ ފިިރިހެން މީހާ އޭނާއާ ދިމާއަށް ފަލަ ކަމަށް ބުނުމުންނެވެ.

އޭނާ އެ ފިރިހެން މީހާ މަރާލާފައި ވަނީ ކަތުރެއް ބޭނުން ކޮށްގެންނެވެ. އެ ކަތުރު އެމީހާގެ ހަށިގަނޑުގެ އެތައް މިތަނަށް ހަރައިފައިވެއެވެ.

އޮގަސްޓް 14 ވަނަ ދުވަހު ޗައިނާގެ ހެންނާންގައި މި ހާދިސާ ހިނގިއިރު، އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައީ މަގުމަތިން ދިޔަ މީހެކެވެ. އަދި އެ މީހާ ސަލާމަތް ކުރުމަށް ޕެރަމެޑިކްސްއިން މަސައްކަތް ކުރި ނަމަވެސް، އޭނާގެ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ.

ލޯބިވެރިޔާ މަރާލައިފައި އަންހެން މީހާ އެތަނުން ފިލައިގެން ދިޔަ ނަމަވެސް ފުލުހުން ވަނީ ފަހުން އެ އަންހެން މީހާ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޮނިފުހޭއިސްކިން ޓޯޓޯ

    ބިޓު އަށް މަލާމާތް ނުކުރޭ

    13
    3