1. މިދޔަ ދެ މަސް ދުވަހު އިންޑިއާ އަށް މެދު ނުކެޑި ކުރި ވިއްސާރާގައި ފެންބޮޑުވެ އިންޑިއާގެ ޝިރޯލް ސަރަހައްދުން ހާލުގައި ޖެހުނު ބަޔަކަށް އެކްޓަރު ނާނާ ޕަޓޭކަރު ގެ އިމާރާތްކޮށްދޭން ނިންމައިފި އެވެ.

އިންޑިޔާއަކީ ބޯކޮށްވާރޭވެހުމުގެ ސަބަބުން ކޮންމެ އަހަރަކު ވެސް އެތައް ސަރަހައްދެއްގައި ފެންބޮޑުވެ އެތަށް ބަޔަކު މަރުވެ ގިނަބަޔަކު ހާލުގައިޖެހޭ ގައުމެކެވެ. އެހެން ނަމަވެސް މިއަހަރު އިންޑިއާގެ ބޮޑު ސަރަހައްދަކަށް ވަނީ ހަނަފަސްކަން ކުރިމަތިވެފައެވެ.

ރިޕޯޓްތަށް ބުނާގޮތުން ނާނާގެ ނާމް ފައުންޑޭޝަނުން އިމާރާތް ކުރަން ނިންމާފައިވަނީ 500 ގެއެވެ.

ނާނާ ބުނީ އެ އަވަށުގެ ރައްޔިތުންތަކަކަށް ލިބުނު ގެއްލުންތައް އަމިއްލަ ލޮލަށް ކަމަށާއި ވަރަށް ގިނަ ބަޔަކު ތިބީ ބޯހިޔާވަހިކަން ގެއްލިފައި ކަމަށެވެ. ގެ އެޅުމުގައި އިސްކަން ދެނީ އެންމެ ބޮޑަށް އަސަރު ކުރި މީހުނަށް ކަމަށް އޭނާ ބުންޏެވެ. ނާނާ އަކީ އިންޑިއާގެ ދަނޑުވެރިންނަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ފަންނާނެކެވެ.

އިންޑިއާއަށް އާންމުކޮށް މޫސުމީ ވިއްސާރަ ލައިގަންނަނީ ޖޫންމަހާއި ސެޕްޓެމްބަރުމަހާ ދެމެދުގައެވެ.

މި ވިއްސާރައިގެ ސަބަބުން މުންބާއީގެ މައި އެއާޕޯޓްގެ ހުރިހާ ފްލައިޓެއް ކެންސަލް ކުރިއެވެ. ވިއްސާރާގައި ހުޅަގު އިންޑިއާގެ ބިންގަނޑު ތިރި ސަރަހައްދެގައި ދިރިއުޅޭ ހާހެއްހާ މީހުން ސަލާމަތްކޮށްގެން ރައްކާތެރި ހިސާބުތަކަށް ގެންދާން ޖެހުނު ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ވިއްސާރާގައި ބައެއް ސިޓީތަކުގެ ރޭލް ޓްރާންސްޕޯޓާއި މަގުމަތީ ދަތުރުތަކުގެ އިތުރުން، ވައިގެ ދަތުރުތަކަށް ވަނީ ބުރޫ އަރައިފަ އެވެ. މިއީ ފާއިތުވި 10 އަހަރު ތެެރޭގައި އެންމެ ބޯކޮށް އެ ސަރަހައްދަށް ވިއްސާރަ ކުރި ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު