ކޮންމެ މީހަކުވެސް އެމީހެއްގެ އިސްތަށިގަނޑު ގެންގުޅޭނީ ވަރަށް ލޯބިންނެވެ. ޚާއްސަކޮށް އަންހެން ކުދިންނެވެ. ނަމަވެސް ދިމާވާ ބައެއް ކަންކަމުގެ ސަބަބުން އިސްތަށިގަނޑު ހަލާކުވާން މެދުވެރިވެއެވެ. މިކަހަލަ ކަންތައްތަކަކީ ހިތަށް އަސަރު ކުރުވާ ކަންކަމެވެ. މީހެއްގެ ފަރާތުން އިސްތަށިގަނޑަށް ގެއްލުމެއް ވެއްޖެ ނަމަ އަދި ވަކިން ޚާއްސަކޮށް ދެރަވާނެ އެވެ. އަދި ރުޅި ގަދަވާނެއެވެ.

އެހެން ކަމުން އެފަދަ ކަމެއްގެ ގޮތުގައި އިސްތަށިގަނޑަށް މީހަކު ހޮޑު ލައިފިއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ. މިއީ މިއަންހެން މީހާ ކަންތައް ކުރި ގޮތުގެ ވާހަކައެވެ.

އަންހެންމީހާ ދަތުރުކުރަމުންދިޔައީ މަތިންދާ ބޯޓެއްގައެވެ. ހެނދުނު ފްލައިޓުކަމުން ފްލައިޓަށް އަރައި ޖައްސާލިތަނާ ގަދަ ނިދީގައި ނިދިއްޖެއެވެ. އެހެން އޮއްވައި ކުއްލިއަކަށް ހޭލެވުނީ މީހާކު އޭނާގެ ބޮލަށް ހޮޑުލައިގެންނެވެ. އޭރު އަދި ވެގެން އުޅޭ ގޮތެއް ސާފު ނުވެއެވެ. ނިދި އައިސްހުރިލެއް ގަދަ ކަމުންނެވެ. އޭރު ފްލައިޓު އަދި ރަންވޭއިން ނައްޓައެއް ނުލައެވެ. އެހެން ކަމުން ފްލައިޓު ސާފު ކުރުމަށް ހުރިހާ ޕަސިންޖަރުން ނުކުތުމަށް އެންގިއެވެ.

އެ އަންހެން މީހާގެ ބޮލަށް ހޮޑު ދުއްވާލުމުން ފޮޓޯ ނަގައި ދެން ތިބި ބައެއް ޕެސެންޖަރުން ވަނީ މީސްމީޑިއާގައި ފޮޓޯ ހިއްސާކޮށްފައެވެ. މި ހުރިހާ ކަމެއް ދިމާވި އިރުވެސް އެ އަންހެން މީހާ ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ. މީހަކާ ދިމާލަށް ބަދު ބަހެއް ނުބުނެއެވެ.

ފްލައިޓުން ފައިބައިގެން ގޮސް އެމީހާ ވަނީ އޭނާގެ ބޯ ދޮވެގެން އެނބުރި ފްލައިޓަށް އަރައި ދަތުރު ފުރިހަމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފޫޅުދިގުހަންޑި

    އިސްތަށިގަޑު އެއްކޮށް ކޮށާލާފަ ބޯ ބާލާނީ. އޭރާށް ދެން އިސްތަށިގަނޑަކަށް ހޮޑެއް ނުލެވޭނެއެއްނު...

    10
  2. ޤަމަރިއްޔަތު

    އަނީތާ ސައިބޯނި ލާގެން ދޮވެލާނީ

  3. XD

    ޖަވާބަކީ މީހަކާ ދިމާލަށް ބަދުބަހެއް ނުބުނެ ހަމަޖެހިލައިގެން ހުރުން.

    10
  4. ޒީ

    އަހުން އަޅާވެސް ނުލާނަން..
    އަހަރެންގެ ބޮލުގަ އިސްތަށި ނެތީމަ...
    އިސްތަށި ހުރިމީހުންގެ ބޮލައްތާ .. އުދަގުލެއްވިޔަސްވާނީ.....