“ތާރާ” އަދި “ޓޯނީ” އަކީ ޖޯޖިއާގެ ހޮސްޕިޓަލެއްކަމުގައިވާ “ޕިއެޑްމޮން އެތެންސް ރީޖަނަލް މެޑިކަލް ސެންޓާ” ގައި ވަޒީފާ އަދާކުރާ ދެ ނަރުހުންނެވެ. އަދި ތާރާއަކީ ވިއްސާ ނަރުހެކެވެ. އެ ދެ ނަރުހުންނަކީވެސް އެއް މާބަނޑު ދެ ނަރުހުންނެވެ.

މި ދެމީހުން މީގެކުރިން ދުވަހަކުވެސް އެއްވަގުތެއްގައި ވިއްސާކޮޓަރީގައި، މަސައްކަތް ކޮށްފައެއްނުވެއެވެ. އެހެންނަމަވެސް ރިބެކާ ވިލިއަމްސް ނަމަކަށް ކިޔާ އަންހެނަކު އެ ހޮސްޕިޓަލުގައި ވިހެއުމަށް އައުމުން، ސިޒޭރިއަން ހަދަންޖެހުމުގެ ސަބަބުން އޭނާ ވިއްސުމުގައި އެހީތެރިވެދިނީ މި ދެ ނަރުހުންނެވެ. އަދި އެއްމާބަނޑު މި ދެ ނަރުހުން ވިއްސާފައިވަނީވެސް، އެއްމާބަނޑު ދެ ކުދިންނެވެ.

އެ އަންހެމީހާ ވިހާފައިވަނީ އެއްމާބަނޑު ދެ އަންހެންކުދިންނެވެ. މި ދެކުދިންނަށް ދީފައިވާ ނަމަކީ، އެޑިސަން އަދި އެމާ އެވެ.

ތާރާ ބުނެފައިވާ ގޮތުގައި އެ އަންހެންމީހާ ވިއްސުމުގައި އެހީވުމަށް އެ ދެމީހުންނަށް ހަވާލުކޮށްފައިވާކަން އެނގުމުން އެހިސާބުން ފެށިގެން އަވަހަށް އޭނަގެ ދައްތަ ޓޯނީ ހުރި ތަނެއް ހޯދައި ބަލަން ފެށިއެވެ. އޭރުވެސް ވިހަންވެގެސް އައިސް އޮތް އަންހެން މީހާ ވިހަން ހަމަޖެހިފައި އޮތީ އެއްމާބަނޑު ދެކުދިން ކަމެއް ނޭނގެއެވެ.

އެއްމާބަނޑު މި ދެ އަންހެން ނަރުހުން، އެއްމާބަނޑު ދެ ކުދިން ވިއްސުމަށްފަހު އެކުގައި ނަގާފައިވާ ފޮޓޯ މިހާރު އިންޓަނެޓްގައި ވައިރަލްވެފައިވާއިރު، ގިނަ ބަޔެއްގެ ސަމާލުކަން މިކަމަށް ދަނީ ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު