ފްލައިޓަކުން ދަތުރުކުރި އަންހެން ފަސިންޖަރަކުގެ ހޭންޑު ލަގެޖް ލިމިޓް ހަމަވެ، އިތުރަށް ފައިސާ ދައްކަން ޖެހިދާނެތީ 10 ހެދުން ލައިގެން ފްލައިޓަކުން ފުރައިފިއެވެ.

10 ހެދުން ލައިގެން ފިލިޕީންސްގެ އަންހެނެއް ކަމަށްވާ ޖެލް ރޮޑްރިގޭޒް ފްލައިޓަށް އަރާފައިވަނީ 'ފްރީ ލަގެޖު އެލަވަންސް' ގޮތުގައި ދީފައިވާ 7 ކިލޯ އަށްވުރެ އޭނާގެ ސާމާނު އިތުރުވެފައިވާތީއެވެ. އެ އަންހެން މީހާގެ ބުނިގޮތުން އޭނާގެ ސޫޓު ކޭހުގައި 9 ކިލޯ ހުރި ކަމަށާއި، އިތުރުވެފައިވާ ބަރުދަނަށް ފީއެއް ނަގާނެކަމަށް ޗެކިން ކައުންޓަރުގައި ހުރި އެއާލައިންގެ މުވައްޒަފަކު އޭނާ ކައިރީގައި ބުންޏެވެ.

"ފްލައިޓަށް ފީއަކާ ނުލާ ހޭންޑު ލަގެޖް ގޮތުގައި އެރުވޭނީ 7 ކިލޯގެ ސާމާނު ކަމަށް އެއާލައިން މުވައްޒަފު އަހަރެން ކައިރީގައި ބުނުމުން، އަހަރެން ހިތަށް އެރި މައްސައެއް ނެތޭ." ޖެލް ރޮޑްރިގޭޒް ބުންޏެވެ. އިތުރަށް ފައިސާ ދައްކަން އެއްބަސް ނުވެ، ޖެލް ވަނީ އޭނާގެ ފޮށީގައި ހުރި އަންނައުނުގެ ތެރެއިން ބައެއް ޓީޝާޓާއި، ހަރުވާޅުގެ އިތުރުން ޖެކެޓުތަކެއް ލައިގެން، ލަގެޖުގެ ބަރުދަން 9 ކިލޯއިން 6.5 ކިލޯއަށް ދަށްކޮށްފައެވެ.

ޖެލް ބުނީ އެންމެ 2 ކިލޯއަށްޓަކައި އެއްވެސް ފައިސާއެއް ދައްކަން އޭނާ ބޭނުންނުވީ ކަމަށެވެ. ޖެލްގެ މި މޮޅު ޙިޔާލާއެކު، އެއްވެސް އިތުރު ފީއެއް ދައްކަން ނުޖެހި އޭނާ ދަތުރުކުރަން ބޭނުންވި މަންޒިލަށް އޭނާއަށް ފުރޭގޮތް ވިއެވެ. އެހެންނަމަވެސް ޖެލް ބުނީ މުސްތަޤްބަލުގައި އޭނާ ދެން ދުވަހަކުވެސް ގިނަ ހެދުންތަކެއް ލައިގެން ފްލައިޓަކުން ނުފުރާނެ ކަމަށެވެ. "ވަރަށް ހޫނުވެ، އުދާސްވި." ޖެލް ކިޔާދިނެވެ.

މި މަހުގެ 2 ވަނަ ދުވަހު ޖެލްގެ ފޭސްބުކް އެކައުންޓުގައި އޭނާ ކުރި ޕޯސްޓެއްގައި ވަނީ 5 ޓީޝާޓާއި، 3 ހަރުވާޅުގެ އިތުރުން 2 ޖެކެޓު ލައިގެން އޭނާ ފުރަން ތައްޔާރުވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. ޖެލް ބުނިގޮތުން އޭނާގެ ޕޯސްޓު އެހާ ބޮޑަށް ހިނގާނެކަން ކުރިން އެނގުނު ނަމަ އެއަށްވުރެ ރީއްޗަށް ފޮޓޯ އަށް ކެޓޭނެ ކަމަށެވެ. ޖެލްގެ ޕޯސްޓުގެ ތަފްސީލްގެ ގޮތުގައި އޭނާ ލިޔެފައިވަނީ، "9 ކިލޯއިން 6.5 ކިލޯގެ ބެގެޖަކަށް. ހޭޝްޓެގެއްގެ ގޮތުގައި 'އެކްސެސް ބެގެޖް ޗެލެންޖް އެކްސެޕްޓެޑް'."

އޭނާގެ އެ ޕޯސްޓު މީސްމީޑިއާގައި ވައިރަލްވެ، މިހާރު ވަނީ 33000 އަށްވުރެ ގިނަ 'ލައިކް' އާއި، 1000 'ކޮމެންޓު' އަދި 20000 'ޝެއާ' ލިބިފައެވެ. އެ ޕޯސްޓަށް ގިނަ ބަޔަކު އެމީހުންގެ ޙިޔާލުފާޅުކުރާއިރު، ގިނަ ބަޔަކަށް އެކަން ވީ، ޚަރަދު ކުޑަކުރުމުގެ ގޮތުން ރަނގަޅު ހައްލެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަހަހަހަހަހަ

    މިސްޓަރ ބީން ޓައިޕު ދޯ؟؟؟

  2. ާަަަހަހަހަހަ

    ??