މިސޫރީއަށް ނިސްބަތްވާ ރަޔަން ލިންމޭން ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ. އޭނާ ގެއްލުނީ ކަންސާސް ސިޓީގައި އުޅެނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

ރަޔަން އަކީ އަތްބަކާއި ތިން ދަރިން ތިބި ބައްޕައެކެވެ. އޭނާ ގެއްލިގެން ހޯދާތާ ބަރާބަރު ހަތް ދުވަސް ފަހުން އޭނާ ފެނުނު އިރު އޮތީ ވަރަށް ހާލު ދެރަވެފައެވެ. އެކްސިޑެންޓެއް ވެ ކާރު ތެރޭގައި ތާށިވެފައެވެ. އެ ސަރަހައްދުގެ ފުލުހުން ބުނި ގޮތުގައި އޭނާ ފެނުނީ "ޑާޓް ބައިކް ރައިޑަރ" އަކަށެވެ.

ޚަބަރުތައް ބުނާ ގޮތުގައި އޭނާ އެކްސިޑެންޓުވީ ފަރުބަދަމަތީ ސަރަހައްދަކުން ކާރުގައި ދަނިކޮށް ވެއްޓިގެންނެވެ. އޭނާ ފެނުމާއެކު ފުލުހުން ވަނީ ފަރުވާ ދިނުމަށް ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު ހާމަކޮށްފައި ނުވި ނަމަވެސް ފުލުހުން ވިދާޅުވީ އޭނާގެ ހާލު ސީރިއަސް ކަމަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ކާރާއެކު އޭނާ ވެއްޓިފައިވަނީ 50 ފޫޓު މަތިންނެވެ. އަދި އެކަމާ ގުޅިގެން އޭނާއަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު