ގެދޮރު ނެތިފައި ހުރި އޮކްލަހޮމާ ފިރިހެނަކު 15 އަހަރަށް ޖަލަން ލާން މިދިޔަ ހަފްތާ ތެރޭގައި ހުކުމް ކުރީ އޭނާގެ އަތުން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކައިން ކަމަށް ބެލެވޭ ޕެކެޓްތަކެއް އޭނާގެ ފެނިގެން ކަމަށް ބުނެއެވެ.

މިދިޔަ އޮގަސްޓް މަސް ތެރޭގައި ކޮޑީ ގްރެޑް ނަމަކަށް ކިޔާ 26 އަހަރުގެ މި ފިރިހެން މީހާ ހައްޔަރުކޮށް އޭނާ 15 އަހަރަށް ޖަލަށް ލާން ހުކުމްކުރީ ނުބައި މައުލޫމާތަކަށް ބިނާކޮށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ އޮގްސްޓް މަސް ތެރޭގައި، ގްރެގް ބައިސްކަލެއްގައި ދަނިކޮށް، ފުލުހުުންނަށް ފެނިގެން އޭނާ ފުލުހުންނަށް ފިލަން ދުއްވީއެވެ. އެންމެ ފަހުން ފުލުހުން އޭނާ އަތުލައިގަނެ އޭނާގެ އަތުގައި ހުރި ހުރިހާ އެއްޗެއް ބަލާ ފާސް ކުރިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާ ގެންގުޅުނު ދަބަސް ތެރެއިން ހުދު ކުލައިގެ ޕައުޑަރު ތަކެެއް ހުރި އެއްޗެހިތަކެއް، ކޮފީ ދަޅެއްގެ ތެރެއަށް އަޅާފައި ހުއްޓާ ފެނުނެވެ.

އެ އެއްޗެހި ފުލުހުންނަށް ފެނުމުންވެސް އޭނާ އެވަގުތު ފުލުހުންނާއި ހަވާލުވާން ބޭނުން ނުވީއެވެ. ދެން އޭނާ މަސައްކަތް ކުރީ އެވަގުތު އޭނާ ދުއްވަމުން ދިޔަ ބައިސްކަލު ދޫކޮށްލުމަށްފަހު ފިލާށެވެ.

އެންމެ ފަހުން އޭނާ ހައްޔަރުކޮށް ޖަލަށް، ލައި އޭގެ ދެ މަސް ފަހުން އޭނާގެ މައްޗަށް އެ މައްސަލާގެ ހުކުމް އައެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް އައިސްފައި ވަނީ ކުޑަ ހުކުމެއް ކަމަށް ވެއެވެ.

އަދި އޭގެ ފަހުން އޭނާ ކޯޓަށް ހާޒިރުކުރީ، އެ މައްސަލަ ކުރިއަށްނުގެންގޮސް މެދު ކަނޑާލާށެވެ. އެއީ ލެބް ޓެސްޓުތަކުގެ ތަހުލީލުން އެނގުނުގޮތުގައި، އޭނާ ގެންގުޅުނީ ކިރު ޕެކެޓްތަކެކެވެ.

ދޮގު ތުހުމަތުތަކާއެކު ހައްޔަރު ކުރެވުނު އެ ޒުވާނާ މިހާރު ވަނީ ދޫކޮށްލާފައެވެ.