އިންޑިއާގެ ކެރެލާގައި މަސައްކަތުގައި އުޅެމުންދިޔަ މީހެއްގެ ކަރުގައި ހަރުފައެއް އޮޅިގެންް މަރު ނުވީ ހަމަ ކިރިޔާއެވެ.

މިހާދިސާ ހިނގާފައިވަނީ މަސައްކަތު މީހުން ތިރުވަނަންޕޫރަމްގެ ކޯރެއް ސާފުކުރަން އުޅުމުގެ ތެރޭގައެވެ. ބުވަނަ ޗަންދްރަން ނަމަކަށް ކިޔާ މިމީހާ ތަން ސާފުކުރަނިކޮށް ކުއްލިއަކަށް ހަރުފައެއް އައިސް ކަރުގައި އޮޅިގަތީއެވެ.

މަންޒަރު ފެނުނު ފަރާތުން ބުނީ، އޭނާ ތަން ސާފުކުރުމާއިގެން ބުރަކޮށް އުޅެނިކޮށް ކުއްލިއަކަށް ބޮޑު ހަރުފައެއް އައިސް އޭނާގެ ކަރުގައި އޮޅިގަތީ ކަމަށެވެ. އަދި އޭތި އޮޅިގައްގޮތް ބާރުކަމުން ނޭވާ ނުލެވިގެން އޭނާ މަރުނުވީ ކިރިޔާ ކަމަށެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ އުމުރުން 61 އަހަރުގެ ބުވަނަ ޗަންދްރަން އަށް އެހަރުފަ ހަމަލާ ދީފައިވަނީ ހެނދުނު 11 ޖަހާ އެހާކަންހާ އިރު ކަމަށެވެ.

ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ހަރުފަ ޗަންދްރަންގެ ކަރުގައި އޮޅިގަތުމުން އޭނާ އާއި އެކު މަސައްކަތުގައި އުޅުނު މީހުން ވަނީ އޭތި ނައްޓާލުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން އެ ހަރުފަ އޭނާގެ ކަރުން ނައްޓުވާލެވުނީ ތިން މީހުންގެ މަސައްކަތުން ކަމަށްވެއެވެ.

އެތަނުގައި މަސައްކަތް ކުރަމުން އައި ފަރާތްތަކުން ބުނެފައިވަނީ ހަރުފަ އޭނާގެ ކަރުގައި އޮޅިގޮތް ބާރުކަމުން މަރުނުވީ ކިރިޔާ ކަމަށާއި މިހާރު އެ ހަރުފަ، ޖަނަވާރާއި ބެހޭ ހާއްސަ ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެފަރާތުން އެ ހަރުފަ ޖަންގަލީ ތެރެއަށް ދޫކޮށްފައިވާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު