ފަލަސްތީނުގެ މުސްލިމުންނަށް އަނިޔާދީ، މުސްލިމުންގެ ފަސްގަނޑަށް ގަދަކަމުން ބާރުގަދަވެފައިވާ އިސްރާއިލުން ހިފާފައިވާ ޣައްޒާގެ ޚަބަރުތަކުން ތަސައްވުރު ވަނީ އެ ރަށުގައި ބިރުވެރިކަން އޮތް މިންވަރެވެ. އިސްރާއިލް ސިފައިންގެ ލާއިންސާނީ އަމަލުތަކާއި ހަމަލާތަކުގައި އެތައް ކުޑަކުދިންނަކާއި އަންހެނުންނެއް ވަނީ ޝަހީދުވެފައެވެ.

އެބިރުވެރިކަމުގެ ތެރެއިންވެސް އެގައުމުގެ ޒުވާނަކު ޓްވީޓުކޮށްފައިވާ ފޮޓޯއަކަށް ގިނަ ބައެއްގެ ލޯތައް ވަނީ ހުއްޓިފައެވެ. އެ ޓްވީޓު ކޮށްފައިވަނީ ޣައްޒާއަށް ނިސްބަތްވާ މުޙައްމަދު ސިމްރީ ނަމަކަށް ކިޔާ މީހެކެވެ. ފޮޓޯއިން ފެންނަނީ ކުޑަ އަނެހެން ކުއްޖެކެވެ. ތުއްތު ތުއްތު "ލޯބި" ރީތި އަންހެން ކުއްޖެކެވެ.


މީހުންގެ ލޮލުގައި އަޅައިގަނެފައިވަނީ ކުއްޖާގެ ރީތިކަމެއް ނޫނެވެ. ކުއްޖާގެ ހިނިތުންވުމެވެ. އެއީ ޣައްޒާއަށް ނިސްބަތްވާ އެގައުމުގެ ކުއްޖަކަށް ވާތީއެވެ. އިސްރާއިލުގެ ސަބަބުން އެގައުމުގައި އުފެދިފައި އޮތް ނުތަނަވަސްކަން މި ކުއްޖާއަށް އިހުސާސް ނުކުރެވެނީ ކަމަށްވެސް ވެދާނެއެވެ.

ނަމަވެސް އެ ފޮޓޯ ޕޯސްޓުކުރި ފޮޓޯ ގްރާފަރު ބުނެފައިވަނީ "ބޭނުންވީ ޣައްޒާއިން ރީތި މަންޒަރެއް ދައްކާލަން" ކަމަށެވެ.

އެ ފޮޓޯގެ އިތުރުންވެސް ޣައްޒާގެ ރީތި އެކި މަންޒަރުތައް އޭނާގެ ޓްވިޓާގައި ހިއްސާކޮށްފައި އެބަހުއްޓެވެ.

 

ކިޔުންތެރިންގެ ހިޔާލު