ކެރޮލިނާ ގެއެއްގައި ކުޅެން ތިބި އުމުރުން 11 އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ 10 އަހަރުގެ އަންހެން ކޮއްކޮ ގަޔަށް ބަޑި ޖެހީ އޮޅިގެންނެވެ. އެ ހާދިސާގައި އެ ކުއްޖާ މަރުވިއެވެ.

މި މަހުގެ ފަސް ވަނަ ދުވަހު މި ހާދިސާ ހިނގިއިރު، އެ ބަޑިއަކީ އެމީހުން ކުޅެން ތިބި ތަނުގައި އޮތް ބަޑިއެކެވެ.

އެ ގޭގެ ލޯންޑްރީ ބާސްކެޓެއްގެ ތެރޭގައި އޮތް ބަޑި އާއި ކުޅެން އުޅުމުގެ ތެރޭގައި 10 އަހަރުގެ ކޮއްކޮގެ ގަޔަށް އޮޅިގެން ބަޑި ޖެހުނުއިރު، އެ މައްސަލާގައި އެ ކުދިންގެ 30 އަހަރުގެ މަންމަ ވަނީ ހައްޔަރުކޮށްފައެެވެ.

އެ އަންހެންމީހާ އޭނާގެ ދަރިން ގޭގައި ކުޅެން ބަހައްޓާފައި ދިޔައިރު، ގޭގެ ހާލަތުވެސް ވަރަށް ނުރަނގަޅު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ގޭގެ ތެރެއިން ކުއްތާގެ ނަޖިހާއި، ކުދިންގެ ކޮޓަރި ތެރެއިން ކާއެއްޗެހި ފެނިފައިވާކަމަށް ވެއެވެ.

ފުލުހުން ވަނީ އެ މައްސަލާގައި އެ ކުއްޖާގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރުމަށް ނިންމާފައެވެ. އެއީ އެ ކުއްޖާގެ އޭނާގެ ކޮއްކޮގެ ގަޔަށް ބަޑި ޖެހީ އޮޅުމަކުން ކަން އިނގޭތީއެެވެ.

އެ މައްސަލާގައި އެ ކުދިންގެ މަންމަގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް ފުލުހުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުޢައިމު

    އަހްލުލް ބިޤާރުން މިއީ!

  2. މިރުސް

    ކޮބާ އެދެކުދިންގެ ބައްޕަ؟؟؟!

    • ކުޅި

      ކޮން ބައްޕައެއްތަ؟ އެމެރިކާފަދަ ޑިމޮކްރަޓިކް ގައުމުތަކުގައި އުޅޭނީ އެކަނިވެރި މައިން. އަންހެނުން ބަލިވުމާއެކު އެގެއްލުނީ އެހިސާބުން. އެމެރިކާގައި ގިނައިން އަންހެނުން ބަޑުބޮޑުވަނީ ޒިނޭކޮށްގެން.