އިންޑިއާގެ ކަރްނަޓަކާގެ ޕްރި ޔުނިވާސިޓީ ކޮލެޖެއްގައި ޓެސްޓު ހަދަން ތިބި ކުދިންތަކެއް ކޮޕީ ކޮށްފާނެކަމަށް ތަފާތު ކަމެއް ބަގަތް ޕްރި ޔުނިވާސިޓީ ކޮލެޖުން ކޮށްފިއެވެ.

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު، އެ ކޮލެޖުގައި އޮތް ކެމިސްޓްރީ އަދި އިކޮނޮމިކް ޓެސްޓު ހަދަން އެ ކުދިން ޖެހުނީ ބޮލުގައި ފޮށިގަނޑެއް އަޅައިގެން ޓެސްޓު ހަދާށެވެ.

އެ ކޮލެޖުގެ 50 އެއްހާ ކުދިން އެ ހާލުގައި ޓެސްޓު ހަދަން ތިއްބާ ނަގާފައިވާ ފޮޓޯއަކާއި،ފޮޓޯތަކެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މިއީ އެ ކުދިން ޕޭޕަރު ކޮޕީކޮށްފާނެތީ ހެދި ކަމެއް ކަމަށް ބުނި، ނަމަވެސް، އެ ކަން ބެލުމަށް ހަވެރީ ޑިސްޓްރިކްޓްގެ ޑެޕިޔުޓީ ޑިރެކްޓަރ އޮފް ޕަބްލިކް އިންސްޓްރަކްޝަން އިން ވަނީ އަންގާފައެވެ.

އެ ކުދިން އެ ދުވަހު ހަދަމުން ދިޔައީ މިޑް ޓާމްގެ ޓެސްޓު ޕޭޕަރު ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިގޮތަށް އެ ކުދިން ޓެސްޓު ޕޭޕަރު ހަދަން އުނދަގޫވާނެއެވެ. އެ ކުދިންގެ ބޮލުގައި އެ ފޮށިގަނޑު އޮންނައިރު، ހޫނުވެސް ވާނެއެވެ.

އެ ކޮލެޖުން ބުނީ، އެ ފޮށިގަނޑު އެގޮތަށް އިން ކަމުގައިވިޔަސް، ކުދިންނަށް ނޭވާ ލެވޭނެ ކަމަށެވެ. ނަމަވެސް ކޮޕީ ކުރުމުގެ ނިޔަތުގައި އެއްފަޅި އަނެއް ފަޅިއެއް އެނބުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިކްލީލް

    ގެރި ބުއްދީގެ އަހުލުވެރިން! މިހާރު ކުދިން އެތިބީ ޖެހި ފިތިގެން. ފަރާތްފަރާތަށް ނުބަލައި އަގައިން ކިޔަދީގެންވެސް ކޮޕީކުރެވޭނެ! އަދި ކުދިންނަށް އެކަމަށް ރައްކާތެރިވެސްވާނެ ފޮށިގަނޑާ އަނގަ ނިވައިވެފައިވުމުން. ގައިމު މީޓަރުން މީޓަރުން ދުރުދުރުގައި ކުދިން ބައިތިއްބާނަމަ ހުރިހާގޮތަކުންވެސް ރަގަޅުވާނެ! ސުކޫލު ހިންގަ ފަރާތުގެ ކެރިފޯރުންތެރިކަން ނެތްކަން ތި އެގެނީ!

  2. އަލި

    އިންޑިޔާ މީހުންނަކީ ކޮސްބައެއް ކަން މިކަމުން ވެސް އެބަ ދޭހަވޭ ހުރިހާ ކަމެއް ހައްދު ފަހަނަ އަޅާ ގޮއްސަ އޮތްތަނެއް އިންޑިޔަާ އަކީ އެކަމު ދިވެހިންގެ ތެރެއިން ބަޔަކު މަރުދެނީ އިންޑިޔާ އާއި ނުލާ ނުއުޅެވޭނެ ކަން ވިސްނާ ދިނުމަށް ސޭކުސްތާނު ކިޔަނީ ހަމަ ކިޔަންވެގެން