މިއީ ތަފާތު ކުއްޖެކެވެ. ވިސްނޭ މޮޅު ކުއްޖެކެވެ. އުމުރުން އެންމެ ނުވަ އަހަރު ނަމަވެސް އެތައް ބަޔަކު ހައިރާންކޮށްލާ ވަރުގެ އީޖާދުތައް ކުރެވޭނެ ފަންވަރު ހުރި ކުއްޖެކެވެ. އޭނާ އެންމެ ފުރަތަމަ އީޖާދުކޮށްފައި މި ވަނީ ލިޔާވަރަކަށް ބަސްތައް ގުނާލެވޭ ގަލެމެކެވެ.

މިއީ ސްކޫލްގައި އާއި ބޮޑެތި ލިޔުންތައް ލިޔާ މީހުން ވަރަށް ބޮޑަށް ބޭނުންވާނެ ގަލަމެކެވެ.

އިންޑިއާގެ ކަޝްމީރަށް ނިސްބަތްތާ މުޒައްފަރް އަހުމަދު ޚާން ނަމަކަށް ކިޔާ އެ ކުއްޖާ ބުނިގޮތުގައި، އެ ގަލަމަކީ ލިޔާ ކޮންމެ ބަހެއް އޮޓޯއިން އެ ގަލަން ގުނަމުންދާއިރު، އެ ގަލަމުގައި އިންނަ ކުޑަ އެލްސީޑީ ޑިސްޕްލޭއަށް ބަހުގެ އަދަދުތައް އަރަމުންދާނެއެވެ.

މުޒައްފަރަށް މިކަމުގެ ހިޔާލު އައީ، ބަސްތައް ގުނަން ގިނަ ވަގުތުގޮސް، އޭނާއަށް އެއްފަހަރު ޕޭޕަރަކުން ފެއިލްވުމާއި ގުޅިގެންނެވެ.

މި ގަަލަން މިހާރު ގިނަ ފެސްޓްވަލްތަކުގައި އަންނަނީ ދައްކަމުންނެވެ. އަދި މުޒައްފަރުގެ އެ އިންވެންޝަންއަށް ހާއްސަ އެވޯޑެއްވެސް ވަނީ ދީފައެެވެ.

މި ގަލަން ބާޒާރަށް ނެރެ ވިއްކުމަށް ތައްޔަރުވަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    ހުރިހާވެސް އެއްޗަކީ މާތްﷲ އިންސާނާ އަށް ދެއްވާފައިވާ ބުއްދިއެވެ. އޭގެ ބޭނުން ކޮށްގެން ބިނާކުރަނިވި ތަކެއްޗާ ފަނާކުރަނިވި ތަކެތި ވެސް އުފެއްދެއެވެ.