އެއްމާބަނޑު ދެބެއިން ނަމަވެސް މަޝްހޫރުވެފައިވަނީ އަބަދުވެސް އެއްގޮތަކަށް ހެދުން އެޅުމުންނާއި އެއްކޮށް އެއްފަހަރާ ފިޔަވަޅު އެޅުމުންނާއި އެއްވަގުތެއްގައި ވާހަކަ ދެއްކުމުންނެނެވެ. މި ދެބެއިން މަރުވުމުން ވަޅުލާފައިވަނީ އެއް ތަނެއްގައެވެ.

ފުރެޑާއާއި ގުރެޓާ ޗަޕްލިން 1980 ވަނަ އަހަރު ކުރި ކުށެއްގެ ސަބަބުން ވަނީ އެއް މަސް ދުވަހަށް ޖަލަށް ވެސް ލައިފައެވެ. މި މައްސަލަ ވަނީ ބުރެޒިލް، ސުވިޑުން އަދި އެމެރިކާގެ ރިޕޯޓަރުން ވެސް ގެނެސްދީފައެެވެ. ނަމަވެސް މި ދެ މީހުންގެ މަޝްހޫރުކަން ދިޔައީ އިތުރުވަމުންނެވެ. އެއްގޮތަކަށް ހެދުން އެޅުމާއި އެއްފަހަރާ ވާހަކަ ދެއްކުމާއި، އެއް ޝަހުޞިއްޔަތެއްގެ ސަބަބުންނެވެ.

މި ދެބެއިންގެ ތެރެއިން އެެންމެ ފުރަތަމަ މަރުވެފައިވަނީ ގުރެޓާ ޗަޕްލިންއެެވެ. ގުރެޓާ މަރުވެފައިވަނީ އޯވަރީއަށް ޖެހުނު ކެންސަރު ބަލީގައި، އުމުރުން 64 އަހަރުގައި، 2007 ވަނަ އަހަރުއެވެ. ނަމަވެސް ފުރެޑާ މަރުވެފައިވަނީ މި އަހަރު މެއި މަހުގެ 5 ވަނަ ދުވަހުއެވެ. ގުރެޓާއެކޭ އެއްފަދައިން ފުރެޑާ ވެސް މަރުވެފައިވަނީ ކެންސަރު ބަލީގައި ކަމަށް ފުރެޑާގެ ގާަތް ރަހުމަތްތެރިއަކު ބުނެފައިވެއެވެ.

ދެބެއިން ވެސް ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް ދެކޮޅު ހަދައިފައިވާކަމަށް އާއިލާގެ ފަރާތުން ބުނެފައިވެއެވެ. ގުރެޓާ މަރުވުމުން ފުރެޑާ އަބަދުވެސް ބޭނުންވަނީ ގުރެޓާގެ ގާތުގައި އޭނާ ވެސް ވަޅުލުމަށެވެ. އެހެންކަމުން ދެބެއިން ވެސް ވަޅުލާފައިވަނީ ނިއުޔޯކުގެ ސަހަރާއެއްގައި ކައިރިކައިރީގައެވެ.

ގުރެޓާގެ މަހާނައަށް ކޮންމެ ދުވަހަކުވެސް ފުރެޑާ ޒިޔާރަތްކުރާ ކަމަށް އާއިލާއިން ފާހަގަކޮށްފައިވެއެެވެ.

ގުރެޓާއާއި ފުރެޑާގެ ދިރިއުޅުމަށް ބިނާކޮށް ދެ ޑޮކިޔުމެންޓްރީއެއް ވެސް ތައްޔާރު ކޮށްފައިވެއެވެ. އެއީ 1987 ވަނަ އަހަރު ޖޫލިއާ ޑަރލިން ތައްޔާރު ކޮށްފައިވާ ''އަ ޕެއަރ އޮފް ވަން''އާއި 1994 ވަނަ އަހަރު ޖާނީމޭން ޕިކްޗަރސްއިން ތައްޔާރުކުރި ''ދަ ޓްވިންސް''އެވެ.

ކިޔުންތެރިންގެ ހިޔާލު