ޕާކިސްތާނުގެ މަޝްހޫރު ސްޓާންޓްމޭން ސުލްތާން މުހައްމަދު ގޯލްޑެން އުމުރުން 12 އަަހަރުގެ އަންހެން ކުއްޖަކާއި ކައިވެނި ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ. އެ މައްސަލަ ފެންމަތިވެފައި ވަނީ އެ ކުއްޖާގެ ސްކޫލް ރެކޯޑުން އެއީ 12 އަހަރު ކުއްޖެއް ކަަމަށް ބުނެފައިވުމުންނެވެ. ނަމަވެސް އެ އަންހެން ކުއްޖާގެ ބައްޕަ ބުނަނީ އޭނާއަށް 18 އަހަރު ފުރިއްެޖެ ކަމަށެެވެ.

އުމުރުން 60 އަހަރުގެ ސުލްތާން ބޮޑު މަޝްހޫރު ކަމެއް ހޯދާފައި ވަނީ 1987 ވަނަ އަހަރު 22 ކާރު މަތިން ފުންމާލައިގެން ދުނިޔޭގެ ރެކޯޑް ހަދައިގެންނެވެ.

މިީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާގެ ބައްޕަ ސަމްރީން ސަހަރް ވަނީ، އެ ކުއްޖާގެ ސްކޫލް ސެޓެފިކެޓާއި، ވެކްސިން ކާޑާއި، ބާތް ސެޓްފިކެޓް ފަދަ އެއްޗެހި ވަނީ ޝެޝީ ކޮހް ވިލޭޖް ކައުންސިލަށް ފޮރުވިއެވެ. އަދި އެ ކުއްޖާ 18 އަހަރުވެއްޖެ ކަމަށް ބުނިއެވެ. އެ އަށް ބިނާކޮަށް އޭނާގެ އައިޑީކާޑު ހަދާފައިވަނީ އޭނާއަށް 18 އަހަރުވި ކަމަށް ލިޔެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ޚައިބާ ޕަޚްތުންޚްވާ ޗިޓްރަލް ޑިސްޓްރިކްޓްއިން މިކަމުގެ ތެރެއަށް ވަދެފައި ވަނީ، ފަހުން ހެދި އައިޑީ ކާޑުގައި އެ ކުއްޖާގެ އުމުރު ބަދަލު ކުރުމުންނެވެ. އެ މީހުން ވަނީ ކައިވެނި ރެޖިސްޓަރކޮށްދޭ މީހާގެ ސަމާލުކަމަށްވެސް އެކަން ގެނެސް، އެ ކައިވެނީގެ ކޮންޓްރެކްޓް އުވާލަންވެސް އެންގިއެވެ.

މިހާރު އެ ތަނުން ވަނީ އެ ކުއްޖާގެ ބައްޕަ އާއި އެ ކުއްޖާގެ ފިރިމީހާާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައެވެ.

ޕާކިސްތާނުގައި މިފަދަ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފާތުމަ

    ގާސިމް ކޮބާ 5 ހަމަކޮއްލާ

    13
    6
  2. އަންނި

    ގާސިމް ބެޔަކައް މިކަހަލަ ކަމެއް ނުކުރެވޭނެ.

  3. މޯލްޑިވިޔަން

    މުސްލިމުންނަށް ވެ މި ކަހަލަ ކަންތަކާ ދެކޮޅަށް ވަހަކަ ދެއްކުމކީ ހަމަ ވަރަށް ދެރަ ކަންތައް.އިސްލާމްދީނަކު ނޯންނާނެ އުމުރެއް.7 އަހަރުންވެސް ކައިވެނި ކުރެވޭނެ

    1
    5
  4. ޢަފްލާ

    ކުއްޖާއަށް 9 އަހރު ފުރި ބާލިޣު ވެއްޖެއްޔާ އިސްލާމްދީން ހުއްދަ ކުރޭ ކުއްޖާގެވެސް ރުހުމުގަ ކައިވެނި ކުރަން އެކަން ރާއްޖޭގަ އެއްވެަސް ކުއްޖަކު 9އަހަރުގަ 12 އަހަރުގަވެސް މީހަކާ އިންނަން ގަބޫލެއްނުވާނެ