ކޮވިޑް-19 ހުއްޓުވުމަށް ކުރާ މަސައްކަތުގައި ތަޖުރިބާކާރުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަަލައަކީ ސިޔާސީ އަދި ނުފޫޒު ގަދަ މީހުން ވެސް ކަމާ ބެހޭ ފަރާތްތަކުން އަޅާ ފިޔަވަޅުތަކަށް ބޯ ނުލަނބާ މައްސަލައެވެ. އެފަދަ ފަރާތްތަކުން އެގޮތަށް އަމަލު ކުރުމުން އާންމުންނަށް ދެވެނީ ވަރަށް ގޯސް މެސެޖެއް ކަމަށާއި އޭގެ ސަބަބުން ކޮވިޑްއަކީ ސީރިއަސް އެއްޗެއްގެ ގޮތުގަައި އާންމުންނަށް ބަލައިގަންނަން އުނދަގޫވާ ކަމަށް މާހިރުން ވިދާޅުވެއެވެ.

ކޮވިޑް-19 ފެތުރެން ފެށިފަހުން ފުރަތަމަ ފަހަރަށް އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ވަނީ މިދިޔަ ހަފްތާގައި އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެވެ. ރާނީ އެލިޒަބަތު އާއްމުންގެ ތެރެއަށް ނުކުންނެވި އިރު މާސްކް ނޭޅުމުން ރާނީ އަށް ވަނީ ފާޑު ކިޔުން އަމާޒުވެފައެވެ.

ރާނީ އެލިޒަބަތު އާއި މާމަ ދަރިކަލުން ޕްރިންސް ވިލިއަމް އާއެކު ވަޑައިގެންނެވީ ޑުކް ކެމްބްރިޖް ޑިފެންސް ސައިންސް އެންޑް ޓެކްނޮލޮޖީ ލެބޮރޭޓޮރީ (ޑިއެސްޓީއެލް)އަށެވެ. މި ރަސްމިއްޔާތުގައި ވިލިއަމްވެސް މާސްކް އަޅުއްވާފައެއް ނުވެއެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވި 48 ސްޓާފުން ވަނީ ދާދި ފަހުން ކޮވިޑް-19 އަށް ޓެސްޓުކޮށްފައެވެ. އެ އެންމެންގެ ނަތީޖާ ނައްސިއެވެ.

ބަކިންހަމް ޕެލެސްއިން ވަނީ އެ ރަސްމިއްޔާތުގައި އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށް މީޑިއާ އަށް މައުލޫމާތުދެމުން ބުނެފައެވެ.

އަދި ޑރ.ސަންޑްރާ ކޭޝް (އިިންފެކްޝަސް ދިޒީޒް ސްޕެޝަލިސްޓު) ވަނީ ރާނީ އެލިޒަބަތު އާއި ވިލިއަމްގެ އެ ޒިޔާރަތުގައި އެ ދެމީހުންނަށް ވެސް އޮތީ ކުޑަ ނުރައްކަލެއް ކަމަށް ފާހަގަކުރައްވައިފައެވެ.

މިކަމާ ގުޅިގެން އާންމުން ވަނީ ރާނީ އަށާއި ޝާހީ އާއިލާގެ އެ އަމަލުތަކާއި މެދު ސުވާލު އުފައްދައިފައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ޝާހީ އާއިލާއިން ދޭ ސަމާލުކަން ކުޑަކަން ވެސް މިކަމުން އެނގޭ ކަމަށް އާންމުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Aameen

    ތީ ޔަހޫދީން ވެސްޓްބޭންކްގަ އާބާދީ އިތުރު ކުރަން ވެގެން ޖައްސާގެން އުޅޭ ސްޓަންޓެއް

    11
    1
  2. ސްޕަައިޑާ

    އެމީހާ ހޫނު ފެނަށްލީމަ އެއްވެސް ތަނެއް ނުފިހޭތަ...

  3. ކަމަނަ

    ސަރުކަރާ ބަލަން ޖެހިފަވާ އާއިލައެއްގެ އިސް ދާއްބައެއް.. ޑިމޮކުރަސީގެ ނުހައްގު ބަލަވެރިކަމެއް. ދުވަހަކު މި މަޔާހޮކި މާސްކު ނޭޅިޔަސް ހެޔޮ. މުސްކުޅި ޓޯޓޯގަނޑު.