މިޒަމާނުގައި ސޫރަ ބަދަލުކޮށް ބޭނުންވާ ގޮތަކަށް ސޫރަ ހެދުމަކީ އުނދަގޫ ކަމެއް ނޫނެވެ. ޕްލާސްޓިކް ސާޖަރީ އާއި ސޫރަ ބަދަލުކުރުމަށް އެކި ޒާތްޒާތުގެ އިންޖިކްޝަން ބޭނުންކުރާ އިރު މިފަދަ ކަންކަން ކުރުމަށް ބައެއް މީހުން ބޮޑެތި ޚަރަދުތައް ވެސް ކުރެއެވެ. ސޫރަ ބަދަލުކޮށްލައިގެން އުޅޭ މީހުންނަށް މަލާމާތުގެ ބަސްތައް ރައްދުވާ އިރު ބައެއް ފަރާތްތަކުން ސޫރަ ބަދަލުކުރަނީ މަޖުބޫރު ވެގެންނެވެ.

ނަމަވެސް މިމީހާ ސޫރަ ބަދަލުކޮށްލީ ބާބީ އަކަށްވާ ހިތުންނެވެ.

އުމުރުން 26 އަހަރުގެ ހޮންޒާ ސިމް ނަމަކަށް ކިޔާ މި މީހާ އަކީ ޗެކް ރިޕަބްލިކަށް ނިސްބަތްވާ މީހެކެވެ. ހައި ފްލައިން ޓެކް ތަޖުރިބާކާރެއްގެ ގޮތުގައި މަސައްކަތް ކުރާ ހޮންޒާ ވަނީ އޭނާގެ މޫނަށް 15،000 ޕައުންޑުގެ ފިލާ އިންޖެކްޝަން ޖަހައިފައެވެ. އޭނާ ޝައުގުވެރިކަން ހުންނަނީ އަންހެނުންނަށް ކަމަށްވާ އިރު އޭނާ ބާބީ އަކަށް ބަދަލުވާން މަސައްކަތް ކުރަނީ ކޮން ސަބަބަކާއި ކަމެއް ނޭނގެއެވެ.

ބާބީއަކަށް ވާން ހޮންޒާގެ މޫނުގައި 90 މިލިގްރާމް ފިލާސް ބޭނުންކޮށްފައި ވެއެވެ. އޭނާ ބުނީ ބާބީއެއް ވައްތަރު ޖެހިއަސް އޭނާ އަކީ ފިރިހެނެއް ކަމަށާއި އަންހެނުންނަށް އޭނާ ޝައުގުވެރިކަން ހުންނައިރު ބައެއް އަންހެން ކުދިން އޭނާ ދެކެނީ ތަފާތު މީހެއްގެ ގޮތުގައި ކަމަށެވެ.

ހޮންޒާ ފުރަތަމަ ޕްލާސްޓިމް ސާޖަރީއެއް ހެދުމަށް މަސައްކަތް ކޮށްފައި ވަނީ 2017 ވަނަ އަހަރުގައެވެ. އޭނާގެ ތުންފަތާއި ދަތްދޮޅު އަދި ކޯ ސާޖަރީކޮށްފައި ވަނީ ހިލޭއެވެ. ސާޖަރީއަށް ފަހު އޭނާއަށް އަދިވެސް ލޯވިވެރިޔަކު ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އޮލީ ލަންޑަން

    މަ ބޭނުން

    3
    13
  2. ހުސޭނުބޭ

    ދެތުންފަތަށް ބަލާލުމުން ހީވަނީ ފޮނިޔަމަހެއްހެން!

  3. އެލްސާ

    ބޮޑު ހަންޑިއެއް ވައްތަރު ޖަހަނީ

  4. Anonymous

    މިކަހަލަ މީހުން ޕުރޮމޯޓު ނުކުރުން އެ ދެން

  5. މުުހައްމަދު25

    ވަގުތުނޫހުގަ ނޫޅެތޯ ބާބީވެގެން އުޅޭސޮރުން...؟

  6. އަންނި

    ލޯބިވެރިޔަކައް މަބޭނުންތަ...؟؟

  7. Anonymous

    ހަންޑިއެއް ވައްތަރު ޖަހަނީ