އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އަސާމްގައި ސެލެބްރީޓީއަކަށްވި ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރާ ޑޮކްޓަރުގެ ނެށުމުގެ ހުނަރުގެ ވާހަކަ އެތައް ބަޔަކު އެބަ ދައްކައެވެ. އެ ޑޮކްޓަރު ނެށީ، ކޮވިޑް-19 ބަލީގެ މީހުން ހެއްވާލުމަށެވެ. އެކަން އެންމެ ބޮޑަށް އަޅައިގަތީ އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަދި ނެށުން ތެރިޔާ ރިތިކް ރޯޝަން އެވެ.

އިންޑިޔާގެ ކަރުންމަތީގެ ޑޮކްޓަރެއް ކަމަށްވާ އަރުޕް ސެނަޕަތީ ނަށާ އެ ވީޑިއޯ ޓްވީޓާގައި އާއްމުކޮށްފައި ވަނީ ޑރ. ސައިދް ފައިޒާން އަހުމަދު އެވެ. އޮކްޓޯބަރު 18 ވަނަ ދަވަހު އާއްމު ކުރި އެ ވީޑިއޯއިން ފެންނަނީ ޑރ. ސެނަޕަތީ ހިންދީ ފިލްމް ވާގެ ލަވައެއް ކަމަށްވާ ''ގުންގުރޫ''ގެ ލަވައަށް ނަށާ ތަނެވެ. އޭނާ އެ ލަވައަށް ނަށާފައި ވަނީ ޕީޕީއީ އަޅައިގެން ހުރެ އެވެ.

އެތައް ބައެއްގެ ސަމާލުކަން އޭނާގެ ނެށުމަށް ލިބިގެން ދިޔައެވެ.

އެ ޑޮކްޓަރު ނެށި ލަވައިގެ އަސްލު ލަވާގައި ހިމެނޭ ރިތިކް ރޯޝަންއަށްވެސް ވަަރަށް ބޮޑަށް އެ ޑޮކްޓަރުގެ ނެށުން ކަމުގޮސް ފިއެވެ.

"ޑޮކްޓަރު އަނުޕް ކައިރީގައި ބުނޭ، އަހަރެން އޭނާގެ ސްޓެޕްތައް ދަސް ކުރުމަށްފަހު، އޭނާ އެ ނަށާހާ މޮޅަށް ކޮންމެވެސް ދުވަހަކުން އަސާމްގައި ނަށާނެއޭ". ރިތިކް ރޯޝަން އެގޮތަށް ލިޔެ ޓްވީޓް ކޮށްފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުުނާގޮތުގައި، އެ ޑޮކްޓަރު ނަށާފައި ވަނީ ސިލްޗަރް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގެ ކޮވިޑް-19 އަށް ފަރުވާދޭ ކޮޓަރިއެއްގައެެވެ.

ކިޔުންތެރިންގެ ހިޔާލު