ގިނަ މީހުން އާންމު ގޮތެއްގައި ނިދައި އުޅެނީ ރޭގަނޑުގެ ވަގުތުގައެވެ. ހުވަފެން ވެސް ބަލަނީ ރޭގަނޑުގެ ވަގުތުގައެވެ. ނަމަވެސް ދުވާލުގެ ވަގުތުގައި ހުވަފެން ބަލާމީހުން އުޅޭ ވާހަކަ އަކީ އާ ވާހަކަ އަކަށް ވެދާނެއެވެ. އެމެރިކާގައި އައިފޯން އެޕްލިކޭޝަނެއް މެދުވެރިކޮށް ހެދި ދިރާސާއަކުން ދައްކާ ގޮތުން ދިރާސާގައި ބައިވެރި މީހުންގެ ދެބައިކުޅަ އެއްބައި މީހުން 12 ގަޑިއިރު ހޭދަކުރަނީ ދުވާލުގެ ހުވަފެން ބެލުމުގައެވެ.

އެމެރިކާގައި ހެދި މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 30 އިންސައްތަ މީހުންނަކީ ދުވާލު އެމީހުން ކުރާ މަސައްކަތުގައި ސަމާލުކަންދޭވަރު ކުޑަ މީހުންނެވެ. އެމީހުންގެ ސިކުނޑި އެކި ދިމަ ދިމާއަށް ދާލެއް އަވަސްވާ އިރު އެމީހުންނަކީ އަވަހަށް ސަމާލުކަން ގެއްލޭ މީހުންނެވެ.

މި ދިރާސާގައި ބައިވެރިވި މީހުންނަށް ދުވާލުގެ އެކި ވަގުތުތަކުގައި ސުވާލުތައް ކޮށްފައިވާ އިރު އެމީހުންގެ ދުވަސް ދާ ގޮތާއި ކުރާ ކަންކަމަށް ސަމާލުކަން ދެވޭތޯ އެމީހުންނާ ސުވާލު ކޮށްފައިވެއެވެ. މި ދިރާސާކުރި ސާވޭ ޓީމުން ބުނީ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ދެބައި ކުޅަ އެއްބައި މީހުންނަކީ ވަރަށް އަވަހަށް ކުރާ ކަންކަމުން ސަމާލުކަން ގެއްލޭ މީހުން ކަމަށެވެ.

އެމެރިކާގައި ހެދި މި ދިރާސާއިން ދައްކާގޮތުން ދުވާލު ހުވަފެން ބެލުމާއި އުފާވެރިކަމާ ވެސް ގުޅުމެއް ހުންނަކަން އެނގިފައި ވެއެވެ. ދުވާލު ހުވަފެން ބަލާ ގިނަ މީހުން މި ދިރާސާގައި ބުނެފައި ވަނީ އެމީހުންނަކީ އެހާ އުފާވެރިކޮށް އުޅޭ މީހުން ނޫން ކަމަށެވެ.

މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ކަސްރަތުކޮށް ހަރަކާތްތެރިކޮށް އުޅޭ ފަރާތްތަކަކީ އުފާވެރިކޮށް އުޅޭ ފަރާތްތައް ކަން ފާހަގަ ކުރެވިފައިވެއެވެ. އަދި މަސައްކަތުގައި ކޮމްޕިއުޓަރެއްގެ ކުރިމަތީގައި ތިބޭ މީހުންނަކީ އުފާވެރިކޮށް އުޅޭ މީހުން ނޫންކަންވެސް އެނގިގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އެކި މީހުންގެ ސިކުނޑި މަސައްކަތްކުރާނީ އެކި ގޮތަށް! އެއިކީ މައްސަލައެއްނޫން!

    • Premier team

      No

      1
      8