ބޮލީވުޑްގެ ނެށުމުގެ މުޅިން ތަފާތު ހުނަރެއް ދައްކާލި ނޯރާ ފަތޭހިގެ މުޅިން އާ ލަވައެއް ނިކުމެއްޖެއެވެ. ގުރޫ ރަންދަވާ އާއި ނިކިތާ ގާންދީގެ އަޑުން ކިޔާފައިވާ ''ނާޗު މެރީ ރާނީ'' ލަވައިގައި ވެސް އޭނާގެ ނެށުމުގެ ހުނަރު އެންމެ ފުރިހަމައަށް ދައްކައި ދިނެވެ. ނޯރާއާއި ގުރޫ ހަރަކާތްތެރިވާ މި ލަވައަކީ ވަރަށް ހިތްގައިމު ލަވައެކެވެ.

''ދިލްބަރު ދިލްބަރު''، ''އޯ ސާކީ ސާކީ'' ލަވަ ފަދަ ނޯރާގެ ކުރީގެ މިޔުޒިކު ވީޑިއޯތަކެކޭ އެއްފަދައިން މި ލަވައިގައި ވެސް އޭނާ ދައްކުވައިދީފައިވާ ފަރި ހަރަކާތްތަކުން ވަނީ އެތައް ބައެއްގެ ހިތް ފަތަހަ ކޮށްފައެވެ. އެތައް ބަޔަކު ދަނީ މި ލަވަ ބަލައި ތައުރީފު ކުރަމުންނެވެ.

https://www.instagram.com/p/CGe7oiFnakT/?utm_source=ig_embed

''ނާޗު މެރީ ރާނީ'' ލަވަ އާއި ޓްރެކް ތައްޔާރު ކޮށްފައިވަނީ ތަނިޝްގް ބަގްޗީއެވެ. ތަނިޝްގް ވަނީ ''ބަދުރީނާތު ކީ ދުލްހަނިޔާ''، ''ސިމްބާ''، ''ގުޑް ނިއުސް''، ސްޓްރީޓް ޑާންސަ'' ފަދަ އެތައް ފިލުމަކަށް ޓްރެކް ތައްޔާރުކޮށްދީފައެވެ. އަދި ބައެއް ފިލުމުތަކަށް ލަވަ ވެސް ކިޔާފައިވެއެވެ.

މުސްތަގުބަލު ދައްކުވައިދޭ ލޯބީގެ މި ލަވައިގައި ނޯރާއަކީ ގުރޫ އުފައްދައިފައިވާ ރޮބެޓެކެވެ. މި ލަވައިގައި ގުރޫ އަދާކުރަނީ ސައިންޓިސްޓެއްގެ ރޯލެވެ. ލަވަ ފެށުމުން ނޯރާގެ މި ރޮބަޓަށް ދިރުން ލިބި ފަރި ހަރަކާތްތަކެއް ދައްކުވައިދެއެވެ. އަދި ލަވަ ނިމެން އުޅެނިކޮށް އަލުން އެނބުރި ރޮބަޓަކަށް ބަދަލުވެއެވެ.

މި ލަވަ ކޮރެއޯގުރަފީކޮށްދީފައިވަނީ ''ޒިންދަގީ ނާ މިލޭންގޭ''ގެ ''ސެނޮރީޓާ'' ލަވަ ފަދަ ކާމިޔާބު ލަވަތައް ކޮރެއޯގުރަފީ ކޮށްދީފައިވާ ބޮސްކޯއެވެ.

ނޯރާ ވަނީ ''ނާޗު މެރީ ރާނީ''ގެ ޕްރޮމޯޝަނަށް ''އިންޑިޔާސް ބެސްޓް ޑާންސާ''އަށް ވެސް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢާންނާ

    ވަރަށް ބެސްޓު

    1
    2
  2. ލުބޯ

    ގާސިމް މިހާރު ތިލަވަ ޖަހައިގެން ނަށާނެ.

    1
    2