ރެޕަންޒިލް ކާޓޫން ނުބަލާ މީހަކު މަދުވާދެ އެވެ. މި ކާޓޫނުގެ މެއިން ކެރެކްޓާއެއްގެ ގޮތުން ފެނިގެންދަނީ ރެޕަންޒިލް ކިޔާ ބޮލުގެ އިސްތަށިގަނޑު ދިގު އަންހެން ކުއްޖެކެވެ. މި އަންހެން ކުއްޖާ އާއި އެއްވަތަރުވާން ގިނަ ބަޔަކު މަސައްކަތް ކުރާއިރު ބޮލުގެ އިސްތަށިގަނޑު ދިގުކޮށް ގެންގުޅުމަކީ އުދަނގޫ ވަރަށް ކެތްތެރިވެގެން ނޫނީ ނުވާނެ ކަމަކެވެ. 31 އަހަރުގެ ސްޓެފެނީ ކްލެސެން މިވަނީ ބޮލުގެ އިސްތަށިގަނޑު ދިގުކޮށް ރެޕަންޒިލްގެ ލަގަބު ހޯދާފަ އެވެ.

ޖަރުމަންވިލާތުގައި ސެކިއުރިޓީ ގާޑެއްގެ ވަޒީފާ އަދާކުރާ ސްޓެފެނީ އޭނާގެ ބޯ ނުކޮށާތާ މިހާރު 15 އަހަރު ވަނީ ވެފަ އެވެ. އިސްކޮޅުގައި 5 ފޫޓު 8 އިންޗި ހުންނަ ސްޓެފިނީ ކުޑައިރުއްސުރެ ދެކޭގޮތުގައި ދިގު އިސްތަށިގަނޑެއް އޮތުމަކީ ރީތިކަމެކެވެ. އަދި ބޮޑު ވުމުން އިސްތަށިގަނޑު ނުކޮށަން އޭނާ ނިންމި އެވެ.

ސްޓެފެނީގެ ބޮލުގެ އިސްތަށިގަނޑުގެ ފޮޓޯތައް އޭނާގެ އިންސްޓަގްރާމުން ފެންނަން ހުރި އިރު އެ ފޮޓޯތައް ނެގާފައި ވަނީ ސްޓެފެނީގެ ލޯބިވެރިޔާ 29 އަހަރުގެ ރަލްފް ކޮޕިޓްސް އެވެ. ސްޓެފެނީގެ ބޮލުގެ އިސްތަށިގަނޑު އޭނާގެ ފުންނާބާއި ހަމައަށް މިހާރު އަރައެވެ. ސްޓެފެނީ އޭނާގެ ބޮލުގެ އިސްތަށިގަނޑު ދިގުކުރަން ނިންމީ އޭނާގެ އުމުރުން 16 އަހަރުގައި 2005 ވަނަ އަހަރުގައި އެވެ.

ރެޕަންޒިލް އިސްތަށިގަނޑު ލިބިފައިވާ ސްޓެފެނީ ބުނީ އޭނާގެ އިސްތަށިގަނޑު ދިގުކުރަން އޭނާގެ މަންމަ އާއި ބައްޕަ ބޭނުން ނުވާ ކަމަށާއި އޭނާ ބޮޑުވާން ފެށުމުން އަމިއްލައަށް އިސްތަށިގަނޑު ގެންގުޅެވެން ފެށުމުން އިސްތަށިގަނޑު ދިގުކުރަން ފެށީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު