ޓެލެވިޒަން އެކްޓާ އާމިރް އަލީގެ ދަރިފުޅު އައިރާ އަލީ ފުރަތަމަ ފަހަރަށް ހިނގަން ފެށުމުން އާމިރް އުފަލުން ފޮޅިއްޖެ އެވެ. އާމިރް އިންސްޓަގްރާމުގައި ހިއްސާކޮށްފައި ވީޑިޔޯގައި ފެނިގެން ދަނީ ދަރިފުޅު އައިރާ އޭނާގެ ބައްޕަގެ އަތުގައި ހިފައިގެން ކުޑަކުޑަ ފިޔަވަޅުތައް އަޅަމުންދާ މަންޒަރެވެ. ތުއްތު ތުއްތު ދަރިފުޅުގެ ކޮންމެ ހަރަކާތަކުންވެސް އާމިރް އަށް އުފާވެރިކަން ގެންނައިރު ކޮންމެ ދުވަހަކުވެސް އާއިރާ ގެ ރީތި، ރީތި ފޮޓޯތައް އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާ ކުރަމުން ދެއެވެ.

އާމިރް ވަނީ އަންހެން ކުދިންގެ ދުވަހުގައި ވެސް ޕޯސްޓެއް ކޮށް އޭނާގެ ދަރިފުޅަށް ދުވަހުގެ ތަހުނިޔާ ކިޔާފަ އެވެ. ދަރިފުޅާއި އެކު ނަގާފައިވާ ގިނަ ފޮޓޯތައް އާމިރް އަބަދުވެސް ހިއްސާކުރާއިރު އޭނާ ފާހަފަ ކުރެވެނީ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވާ ދަރިފުޅަށް ވަރަށް ސަމާލުކަންދޭ ބައްޕައެއްގެ ގޮތުގައި އެވެ.

 

View this post on Instagram

 

A post shared by Aamir Ali (@aamirali) on

ދަރިފުޅު އާއިރާ ފުރަތަމަ ފަހަރަށް ދައްކާފައި ވަނީ އައިރާގެ ފުރަތަމަ އުފަންދުވަހު، 30 އޮގްސްޓުގައި އެވެ. އަދި އާމިރް ވަނީ ދަރިފުޅުގެ ދެ ފޮޓޯއެއް ހިިއްސާކޮށް ދަރިފުޅު ދެކެ ލޯބިވާ މިންވަރު ހާމަކޮށްފަ އެވެ. އޭނާ ދަނީ ދަރިފުޅާއި އެކު ހޭދަކުރާ ހުރިހާ ދުވަހެއްވެސް އެންމެ އުފާވެރި ގޮތެއްގައި ހޭދަ ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

43 އަހަރުގެ އާމިރް އަލީ އަކީ ބޮލީވުޑް ފިލްމްތަކުގައިވެސް މަސައްކަތް ކޮށްފައި ވެއެވެ.އެގޮތުން އާމިރް އެންމެ ފުރަތަމަ ފެނިފެން ގޮސްފައި ވަނީ 2002 ވަނަ އަހަރު ނެރުނު ފިލްމު 'ޔޭ ކިޔާ ހޯ ރަހާ ހޭ' އިންނެވެ. އޭގެ ފަހުން ތިން ފިލްމަކުން އޭނާ ފެނިގެން ގޮސްފައި ވެއެވެ. އެގޮތުން އަންޖާން، ރާކް އަދި އައި ހޭޓް ލަވް ސްޓޯރީސް ފަދަ ފިލްމުތައް ހިމެނެ އެވެ.

އާމިރް އަލީ ފެނިގެން ގޮސްފައިވާ ޓީވީ ޝޯތަކުގެ ތެރޭގައި ސަރަބާއި ވާސެސް ސަރަބާއި، ކަހާނީ ގަރްގަރްކީ، އިޝްކީ ގާންތީ، ކިޔާ ދިލް މޭ ހޭއި، ބާސްކަރް ބާރްތީ ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު