ސައުދި އަރަބިއްޔާގައި އަންހެނަކު ދަތް އުނގުޅަނިކޮށް އޮޅިގެން ދަތް އުނގުޅާ ބުރުހެއް ދިރުވާލައިފިއެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، މައްކާގެ އަލް ނޫރް ސްޕެޝެލިސްޓް ހޮސްޕިޓަލުން ވަނީ އެ މީހާގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށް އެ ބުރުސް ނަގާފައެވެ.

އުމުރުން 20 އަހަރުގެ އެ އަންހެން މީހާ އެ ހޮސްޕިޓަލްގެ އެމާޖެންސީ ޑިޕާޓްމެންޓުގެ ޑޮކްޓަރުންނަށް މައުލޫމާތު ދެމުން ބުނީ، އޭނާއަށް ބުރުސް ދިރުވާލެވުނީ، އަތް އުނގުޅަމުން ދަނިކޮށް ކަމަށެވެ. އޭނާ ބުނީ، އެ ބުރެސް އޭނާގެ ކަރު ތެރެއަށް ދިޔައީ ކަމަށާއި، އެ ނަގަން އަމިއްލައަށް ކުރި މަސައްކަތުން އެ ބުރުސް ދިޔައީ އެސޮފޭގަސްއަށް ކަމަށެވެ. ފަހުން އޭތި އޭނާގެ ބަނޑުތެރެއަށް ވަނީ ގޮސްފައެވެ.

އެކަމާއި ގުޅިގެން އޭނާގެ ބަނޑުގެ ސްކޭން އަކާއި، އެކްސްރޭއަށް ވަނީ ނަގާފައެވެ. އަދި ވަގުތުން އޭނާ އޮޕަރޭޝަން ތިއާޓަރަކަށް ގެންދިޔައެވެ. އަދި 20 މިނިޓު ތެރޭގައި އޭނާގެ ބަނޑު ތެރެއިން އެ ބުރުސް ވަނީ ނަގާފައެވެ. އެ އޮޮޮޮޕަރޭޝަން ކުރުމުގައި އިސްކޮށް ހުރީ ގޭސްޓްރޯއެންޓެރޮލޮޖިސްޓެއްކަމަށްވާ ޑރ. މުހައްމަދު ފަވްޒީ އެވެ.

އެ ހޮސްޕިޓަލުން ބުނީ، އެ މީހާގެ ހާލަތު ރަނގަޅު ކަމަށާއި، އޭނާގެ ހާލު ގާތުން މޮނީޓަރު ކުރަމުން ދާކަމަށެެވެ.

މީގެ ކުރިން އިންޑިއާގައިވެސް މީހަކު ދަތް އުނގުޅަނިކޮށް ބުރުސް ދިރުވާލެވިގެން ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    ކަރު ބުޑުގަތާ އެހެންވީމަ ތިޔަމީހުންގެ ދަތްތައް ތިޔަހުންނަނީ.

    7
    1
  2. 😨

    އަލްހަމްދު ލިﷲ