އިންޑިއާގައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު އެކުއްޖާގެ ބައްޕަ މަރާލުމަށް ފަހު ހެކި ނައްތާލީ "އިންޑިއާގެ މަޝްހޫރު ސީރީސް އެއް ކަމަށް "ކްރައިމް ޕެޓްރޯލް" ބަލައިގެން ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އިންޑިއާގެ ފުލުހުން ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ އުއްތަރު ޕްރަދޭޝްގައި ކަމަށާއި އެ ކުއްޖާ ބައްޕަ މަރާލާފައިވަނީ ކުއްޖާއާއި ދިމާލަށް ހަޅޭއް ލުވުމުގެ ސަބަބުން ކަމަށެވެ.

ބައްޕަ މަރާލުމަށް އެންމެ ފުރަތަމަ ބައްޕަގެ ބޮލުގައި ދަގަނޑު ހޮޅި ގަނޑަކުން ޖަހިއެވެ. އަދި އޭގެ ފަހުން ހޭނެތުމުން ކަރުގައި ފޮތިގަނޑު ބަދެ މަރާލިއެވެ.

ފުލުހުން ބުނީ އެކުއްޖާ އަކީ ގްރޭޑް 12 ގައި ކިޔަވަމުން އައި ކުއްޖެއް ކަމަށާއި ހައްޔަރު ކޮށް ފޯނު ބެލި ބެލުމުން 100 ވަރަކަށް ފަހަރު "ކްރައިމް ޕެޓްރޯލް" ބަލާފައިވާ ކަމަށެވެ. އެ ސީރީސް ބަލާފައިވަނީ ބައްޕަ މެރުމަށްފަހު ހެކި ނައްތާލާނެ ގޮތެއް ބެލުމަށް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވަނީ އެ ކުއްޖާ އެކަން ކޮށްފައިވަނީ އެކަނި ނޫން ކަމަށާއި މަންމަގެ އެހީގައި ހަށިގަނޑު އަންދާލާފައިވަނީ އެމީހުން ދިރިއުޅޭ ސަރަހައްދާއި ފަސް ކިލޯމީޓަރު ދުރުގައި އޮންނަ ޖަންގައްޔެގެ ތެރޭގައި ކަމަށެވެ. އަދި ބައްޕަގެ ހަށިގަނޑާއި އެކު އިތުރު ތަކެތިވެސް އަންދާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހަށިގަނޑު ނޭނގޭ ވަރަށް އަންދާލެވިފައިވަނިކޮށް އެއީ ކާކު ކަން އެނގުނީ އޭނާއާއި އެކީ މަސައްކަތް ކުރާ ބަޔަކަށެވެ. އެމީހުންނަށް އެއީ ކާކުކަން އެނގިފައިވަނީ އޭނާ އަޅާ އައިނުގެ ސަބަބުންނެވެ. އެއާއިލާއިން ބައްޕަ ގެއްލިގެން އުޅޭ ކަމަށް ރިޕޯޓް ކޮށްފައިވަނީ އޭގެ 25 ދުވަސް ފަހުންނެވެ.

މި ހާދިސާއާއި ގުޅިގެން ބައްޕަގެ ދަރިފުޅު ފުލުހަށް ހާޒިރު ކުރުމަށް އަންގާ ކޮންމެ ފަހަރަކު އޭނާ މިހާރު ކުރަނީ ކޮން ހައިސިއްޔަތަކުން ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެން ކަމުން އެންމެ ފަހުން ފުލުހުން ވަނީ އޭނާގެ ފޯނު ބަލާފައެވެ. އަދި އެގޮތަށް ބެލި ބެލުމުން އެ ސީރީސް ބަލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ފަހުން އެ ކުއްޖާ ވަނީ ބައްޕަ މަރާލާފައިވާ ކަމަށް އެއްބަސް ވެފައެވެ.

މި ހާދިސާއާއި ގުޅިގެން އެ ކުއްޖާގެ އިތުރުން އެކަމަށް އެހީތެރިކަން ފޯރު ކޮށްދިން ކުއްޖާގެ މަންމަވެސް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު