އިތުބާރަކީ ގުޅުމެއް ދެމެހެއްޓުމުގެ މައި ތަނބެވެ. ގުޅުމެއް ފެށުމުގެ ކުރިން ވެސް އަދި ފަހުން ވެސް އެކަކު އަނެކަކުގެ އިތުބާރު ހޯދުމަކީ އުފާވެރި ދިރިއުޅުމަކަށް ވަރަށް މުހިންމު ކަމެކެވެ. އިތުބާރަކީ ކިތައްމެ ކުޑަކުޑަ ކަމަކުން ވެސް ގެއްލިދާނެ އެއްޗެކެވެ.

އިންޑިޔާގެ މުމްބާއީގައި ދާދިފަހުން ކައިވެނި ކުރި ދެ މީހުން ވެސް ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވަނީސް ކައިވެނި ރޫޅެން މެދުވެރިވީ އިތުބާރު ގެއްލުމެވެ.

މި ދެމަފިރިންގެ ތެރެއިން ފިރިމީހާގެ ބޯ ތަލަވެފައިވާކަން ކައިވެނީގެ ކުރިން ސިއްރުކޮށްފައި އޮތުމުށްފަހު، ކައިވެނީގެ ފަހުން އެކަން ފަޅާއެރުމުން އަނބިމީހާ ދިޔައީ ފުލުހަށެވެ.

މުމްބާއީގެ އަމިއްލަ ކުންފުންޏެއްގައި އެކައުންޓެންޓަކަށް އުޅޭ މި ފިރިހެން މީހާގެ ބޯ ތަލަވެފައިވާކަން ވަނީ އޭނާގެ އަންހެނުންނަށް ސިއްރުކޮށްފައި ކަމަށާއި، ކުރިން އެކަން އެނގުނު ނަމަ އެ މީހާ ކައިވެނި ނުކުރާނެކަމަށް ވެސް އަންހެން މީހާ ބުނެފައިވެއެވެ.

އަންހެން މީހާ ފުލުހަށް މައްސަލަ ހުށަހަޅާފައިވަނީ އިތުބާރު ގެއްލުވާލުމުގެ މައްސަލައެވެ. މި މައްސަލައިގައި އަންހެން މީހާ ބުނެފައިވަނީ ފިރިހެން މީހާގެ ބޮލުގައިވާ ''ވިގް'' ފެނުމުން އޭނާއަށް ޝޮކެއް ލިބުނު ކަމަށެވެ. އަދި ފިރިހެން މީހާގެ އާއިލާ މީހުން ގާތު އެ ވާހަކަ ބުނުމުން އެމީހުނަށް ވެސް އެއީ މާބޮޑު ކަމަކަށް ނުވިއެވެ.

ފިރިހެން މީހާ އަމިއްލައަށް ފުލުހާއި ހަވާލުވުމަށް ފުލުހުން އަންގައިފައިވެއެވެ. އަދި މި ފިރިހެން މީހާއާއި އޭނާގެ އާއިލާއަށް ތުހުމަތު ކުރެވިފައިވަނީ އިތުބާރު ގެއްލުވާލުމާއި ބަދުނާމު ކުރުމުގެ ތުހުމަތެވެ.

މިއީ އާއްމުކޮށްވާ ކަމެއް ނޫނެވެ. މިކަމާއި މެދު ފުލުހުން އަޅާނެ ފިޔަވަޅެއް ވެސް ނޭނގޭއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަންނި

    ތިކަމުގަ ތިޔަ ފިރިހެންމީހާ 20 މިލިޔަނުން ޖޫރިމަނާ ކޮށް އަދި 10 އަހަރައް ޖަލައް ލުމައް ގޮވާލަން.

    5
    1
  2. ބޮޓު

    ސޭކުން އަދިވެސް ނެތް ދުނިުެއިން މަދުވާކަށް

    5
    1
  3. ސަނާހް

    ބާލާ ކިއާ ފިލްމަކުން ވާގޮތްތީ..