މަޝްހޫރު ވްލޮގާ ޚާލިދު އަލް އަމޭރީ އާއި އޭނާގެ އަންހެނުން ސަލާމާ ރާއްޖެއަށް ޗުއްޓީ ހޭދަ ކުރުމަށް ކުރި ދަތުރުގެ ވީޑިއޯއެއް މީސްމީޑިއާގައި ހިއްސާ ކޮށްފިއެވެ.

ޚާލިދުމެންގެ ޗުއްޓީގެ އެ ވީޑީއޯ ހިއްސާ ކުރަމުން ޚާލިދު ބުނެފައިވަނީ އޭނާއާ އަންހެނުން ސަލާމާ އެކުގައި ދަތުރެއް ނުކުރާތާ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެހެންކަމުން މިއީ އެ މީހުންގެ ދެވަނަ ހަނީމޫން ކަމަށް ބުނެފައި ވެއެވެ.

އަދި މިއީ ރާއްޖޭގައި އެ މީހުން ކުރި ކަންތަކުގެ ވީޑިއޯކަމަށްވެސް ބުނެފައި ވެއެވެ.

ޚާލިދު އާއި ސަލާމާ ރާއްޖެއަށް ހަނީމޫނަށް އައިސްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވައެވެ. އެދެމަފިރިން ޗުއްޓީ ހޭދަކޮށްފައިވަނީ ތާޖް އެގްޒޮޓިކާ ރިސޯޓުގައެވެ.

އެދެމަފިރިންގެ ވީޑީއޯ އިން ފެނިގެން ދަނީ އުފާވެރި މަންޒަރެކެވެ. އަދި ޚާލިދުގެ "ބަކެޓް ލިސްޓު" ގައި ވާ ކަންކަން ހާސިލުވެފައިވާކަންވެސް ޚާލިދު ވަނީ ބުނެފައެވެ. ޚާލިދު އާއި ސަލާމާއަށް ރާއްޖޭގެ ރިސޯޓު އެންމެ ކަމު ގޮސްފައިވަނީ ހޮޓަލުގައި ތިބޭއިރު ފެންނަ ރީތި މަންޒަރުންނެވެ.


ވީޑީއޯގައި ޚާލިދުމެން ވަނީ ކޮވިޑް-19 އަށް ޓެސްޓްވެސް ހަދާފައެވެ. ޚާލިދު ވަނީ އެމީހުންގެ ކޮޓަރީގައި ތިބޭއިރު ބޭރު މޫދު ފެންނަކަން ބުނެފައެވެ. އަދި ފާހަނާގައި ހުންނައިރުވެސް ބޭރު ފެންނަކަން އޭނާ ވަނީ ހިއްސާ ކޮށްފައެވެ. އަދި އޭނާގެ ހުވަފެނަކަށް ވެފައިވާ ޕޫލު ތެރޭގައި ހެނދުނުގެ ނާސްތާ ވެސް އޭނާ ވަނީ ނަގާފައެވެ.

ޚާލިދު އަލް އަމޭރީ އަކީ އަރަބި ދުނިޔޭގައި އެންމެ މަޝްހޫރު ކޮންޓެންޓް ކްރިއޭޓާ އެވެ. އޭނާ އާއި އަންހެނުން ސަލާމާ ގުޅިގެން ބިނާ ކޮށްފައިވާ ސޯޝަލް މީޑިއާ "އެމްޕަޔާ" ގައި 3.5 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ.

ޚާލިދު މަޝްހޫރުވެފައި ވަނީ އޭނާ ސޯޝަލް މީޑިއާ އަށް ދޫކުރަމުން ދާ ހެއްވާ މަޖާ ވީޑިއޯތަކުގެ ސަބަބުންނެވެ. އަދި އަންހެނުން ސަލާމާއާއި އެކީ މި ވީޑިއޯތައް އެއް ކޮލިޓީއެއްގައި ހިފެހެއްޓުމަކީ ވެސް މަގޫބޫލުކަން ދެގޮތެއް ނުވެ ދެމިއޮތް ސަބަބެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުރުގާ

    ތީ މުސްލިމެއް ނޫން ދޯ. ސޯޓުބުރިލާފަ ހުރީމަ.

    4
    16
    • ހުސެން

      ނޭންގޭ ވާހަކަ ނުދައްކާ ހުރޭ.. އެދެމަފިރިންނަކީ މުސްލިމުން
      ބަލާބަލަ ޔޫޓިއުބު

      22
      2
  2. ލޮލް

    Muslimunge ehfalhi.. anhen meeha e huhnanee karu dhimaa hama ah laigen.. ehbai video thakuga huhnaane bodu abaya laafa buruga alhain.. dhen ehn video ehga fehna iru huhnaane hama ekani boluga fothikolheh olhain.. miverin gabool kuraa gothuga isthashigandu ekani yoa foruvan jeheynee. Karu ok dhimaa hama ah othas.. firihen meeha bodu juhbaa leema e nimunee hurihaa kameh anhen meeha e vari hama kithahme karu bodu ehcheh laigen mey fehnan othas isthashigandu nivaa vanikoh.. lol.. dheeneh hadhain ulhey baeh.. 🤭🤭🤭

    5
    5
  3. ލިލީ

    ސޯޓަކީވެސް ކަކުލުން މައްޗައް ފިރިހެނުން އަސްލު މީހުން ގެ ތެރޭގަ އިސްލާމް ދީނައް ބަލާފަ ލުން ރަނގަޅު އެއްޗެއް ނޫން.. ފިރިހެނުންގެ އައުރަ އަކީ ފޫޅާ ކަކުލާ ދެމެދު.. ފުރަތަމަ ފިރިހެން މީހާ އެއްނޫން މަށައް ފާހަގަ މި ކުރެވުނީ.. އަންހެން މީހާ ކަރު ހުރީ ދައްކައިގެން. ޔޫޓިއުބްގެ ބައެއް ވީޑިޔޯ ތަކުގަ ހުރޭ ބުރުގާ އަޅާފަ. ޓްރިޕް އަކަށް ގޮއްސިއްޔާ ނާޅާ.. އަޖާއިބެއްނު.. ކިހިނެއް ދީނަށް އުޅޭ ބައެއް..

    15
    1