ދުނިޔޭގެ މަޝްހޫރު އެޕަލް ކުންފުނީގެ އާ އުފެއްދުމެއް މި މަހުގެ 10 ގައި ނެރޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. އެޕަލް އިން މިފަހަރު ނެރުމަށް ހަމަޖެހިފައި ވަނީ އެޕަލް ސިލިކަން މެކް ބުކެވެ.

ފުރަތަމަ ފަހަރަށް އެޕަލް އިން ނެރޭ އެޕަލް ސިލިކަން އުފެއްދުމަކީ އެ ކުންފުނީގެ އުފެއްދުންތަކަށް ލިބިގެންދާނެ އިތުރު ކުރިއެރުމަކަށް ވެގެންދާނެއެވެ. ސެޕްޓެމްބަރު މަހު އެޕަލް ކުންފުނިން ބޭއްވި އިވެންޓުގައި އެ ކުންފުނިން ނެރެފައި ވަނީ އެޕަލް ވޮޗް އާއި އާ އައިޕެޑް އެއާއެވެ.

މިފަހަރު ނެރުނީ އައިޕެޑް އެއާގެ އަށް ވަނަ ޖެނެރޭޝަނުގެ އައިޕެޑެވެ. އަދި ފާއިތުވި އޮކްޓޯބަރު މަހު އެޕަލް އިން ބޭއްވި އިވެންޓުގައި ނެރުނީ އައިފޯން 12 ގެ ތަފާތު 4 ވައްތަރުގެ ފޯނެވެ. އެފަހަރު ހޯމް ޕޮޑް މިނީ ވެސް އެ ކުންފުނިން ވަނީ ނެރެފައެވެ.

މި ނޮވެމްބަރު މަހު އެޕަލް އިން ނެރުމަށް ހަމަޖެހިފައިވާ އެޕަލް ސިލިކަން މެކް އަކީ ތަފާތު އާ އުފެއްދުމެކެވެ. މި އަހަރު ނިމުމުގެ ކުރިން އެ ކުންފުނިން މި ޕްރޮޑަކްޓް ބާޒާރަށް ނެރޭނެކަން ހާމަކޮށްފައިވާ އިރު މި އިވެންޓު އެ ކުންފުނީގެ ވެބްސައިޓުންނާއި އެޕަލް ޓީވީ، ޔޫޓިއުބް އިން ލައިވްކޮށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އ . ޖ . އ

    ކާކު ގަންނާނެ ކަމަށް

    3
    3
  2. އަސްލުހާލަތު

    ރަނަށްވުރެއް ގިނައިން ކަރުދާސްވެސް ވިކޭ އިނގޭތޯ އަދި ޖަވާހިރަށްވުރެއް ގިނައިން ޕްލާސްޓިކް ރައިން ސްޓޯން ވެސް ވިކޭނެ.. ލަގްޒަރީ ނުވަތަ އަގު ހުންނަ އެއްޗެތި ވިކޭލެއް މަދުވާނެ އެކަމު ފައިދާ ބޮޑުވާނެ.. މިސާލަކަށް 1000 ކިލޯ ކަރުދާހަށްވުރެއް 1 ކިލޯ ރަން ވިއްކައިގެން ލިބޭ ނަފާ ބޮޑުވާނެ..