ކޮވިޑް-19 އާއި އެކު މާސްކަކީ އެއީ އާއްމު ދިރިއުޅުމުގެ ބަޔަކަށް މިވަނީ ވެފައެވެ. އެހެންކަމަށް ވާއިރު މާސްކް އަޅަން ޖެހުމުން އެންމެ ބޮޑު ހިތްދަތިކަމެއް ލިބެނި ބޮޑު ތުނބުޅިއެއް ހުންނަ ފިރިހެނުންނަށެވެ. އެތައް ދުވަހެއްގެ މަސައްކަތުން ރީތި ކުރި ތުނބުޅި މާސްކް އަޅަން ޖެހުމަކީ ވަރަށް ބޮޑަށް ހިތަށް ތުރާ ވަނެ ކަމެއްކަން ގައިމެވެ.

ފޭޝަލް ހެއަރ އެކްސްޕާޓުންގެ ކުންފުންޏަކުން މިވަނީ ތުނބުޅި ލީ މީހުންނަށް ޚާއްސަ މާސްކެއް އުފައްދާފައެވެ.

"ބޮޑު ތުނބުޅި އެއްގައި ކުދަ މާސްކެއް އެޅުމަށް ވުރެ ބޮލަށް އުނދަނގޫވާ ކަމެއް ނުހުންނާނެ. އަދި އެ މާސްކް އެޅުމުން އެ ވާ އުނދަނގު ބުނެދޭންވެސް ނޭނގޭ" މި މާސްކް އުފެއްދި ކުންފުނީގެ ބާނީ ސީވެން ހަންސެން ވަނީ ބުނެފައެވެ.

މި މާސްކް އުފެއްދީ ފާއިތުވި 6 އަަހަރު ވަންދެން ތުނބުޅި އާއި ގުޅުން ހުރި އެކި އުފެއްދުންތައް އުފައްދަުން އައި "އޯލްވޭސް ބިއަރޑެޑް"އިންނެވެ.

beard tarp

މި ކުންފުންޏަކީ ތުނބުޅި ހުންނަ މީހުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް އެކި ކަހަލަ އުފެއްދުންތައް އުފައްދާ ކުންފުންޏެކެވެ. މިސާލަކަށް ތުނބުޅީގައި ޑޭންޑްރަފް އުފެދުމާއި، ތުނބުޅި ހަޑިވެ، ފުސްވުން ފަދަ ކަންކަމަށް ހައްލު ހޯދާދޭން އެ ކުންފުނިން ވަނީ މަސައްކަތްކޮށްފައެވެ.

އަދި ކޮވިޑްް-19އިގެ ބަލިމަޑުކަމާއި މާސްކަކީ ޒަރޫރީ އެއްޗަކަށް ވީއިރު މެޑިކަލް މާސްކްތަކާއި އާއްމުކޮށް ހަދާ މާސްކްތައް ކުޑަ ކަމުން ތުނބުޅި ހުންނަ މީހުންނަށް ވަރަށް އުނދަނގޫވެއެވެ.

އެހެންކަމުން ބޮޑެތި ތުނބުޅިލީ މީހުންނަށް ޚާއްސަ މާސްކެއް ހަދަން މި ކުންފުނިން ބޭނުން ވިއެވެ. މި މާސްކަށް ކިޔަނީ ބިއަރޑް ޓްރެޕްއެވެ.

beard tarp

100% ކަފައިން ހަދާފައިވާ މި މާސްކްތަކަކީ ހައިޑްރޯނިޓް ފިލްޓާ ލާފައިވާ އެޑްޖަސްޓް ކުރެވޭ، އެލުމިނިއަމް ނޯސް ބްރިޖް އެއް ހުރި 3 ލޭޔަރގެ މާސްކެކެވެ. މި މާސްކްގެ ހުންނނަނީ 2 ސައިޒެކެވެ.

މި މާސްކަށް ވަރަށް ބޮޑު ޑިމާންޑެއް އޮތްކަމަަށް އެ މާސްކް އުފައްދާ ކުންފުނިން ވަނީ ބުނެފައެވެ.

ހަންސެން ބުނީ މި މާސްކަށް އޮތް ޑިމާންޑް ބޮޑުކަމުން މާސްކް ސަޕްލައިކުރަންވެސް އުނދަނގޫ ކަމަށެވެ. އެހެންކަމުން ތުނބުޅި ހުންނަ މީހުންނަށް ޚާއްސަ މާސްކެއް މުހންމުކަން އިހުސާސްވި ކަމަށް އޭނާ ބުނެއެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ބާޒާރަށް ތައާރަފް ކުރި މި އުފެއްދުމަށް އެތައް ހާސް އޯޑަރެއް ދަނީ ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަޒީރެއާލާ

    ބޮޑު ސައިޒުގެ، ކުޑަރުމާލެއް ތިނެސްކަނަށްވާގޮތަށް ފަތްޖަހާލީމާ އެއޮތީ ތުނބުޅި ހުންނަމީހުނަށް ޚާއްޞޮ މާސްކެއް ހެދިފާ.

    12
    1