ބޮލީވުޑުގެ ކާމިޔާބު ފިލުމެއް ކަމަށްވާ ''ސާތު ޚޫން މާފު''ގެ އަރުން ކުމާރުގެ ރޯލުން ބޮލީވުޑަށް ތަޢާރަފްވި ނަޞްރުއްދީން ޝާހްގެ ފިރިހެން ދަރިފުޅު ވިވާން ޝާހް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ޑިސެމްބަރ ހަތް ވަނަ ދުވަހު ރިލީޒް ކުރުމަށް ތައްޔާރުވެފައިވާ ''އަ ސުއިޓަބަލް ބޯއީ'' ފިލުމުގައި މަސައްކަތް ކުރަމުންދާ ވިވާންގެ ހާލަތު ފާއިތުވި ހަފްތާ ތެރޭގައި ގޯސްވުމުގެ ސަބަބުން ކޮވިޑް-19 ޓެސްޓް ހެދިކަމަށާއި އަދި އެ ބައްޔަށް ފައްސިވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ވިވާން ކޮވިޑް-19 އަށް ފައްސިވެފައިވާކަން ވަނީ ކަށަވަރު ކޮށްދީފައެެވެ. އަދި އޭނާ މިހާރު ހުރީ ހޯމް ކަރަންޓީނުގައެވެ. ޓައިމްސް އޮފް އިންޑިޔާއަށް ދިން އިންޓަވިއުއެއްގައި ވިވާން ބުނެފައިވަނީ ކޮވިޑް-19 އަށް ފައްސިވުމުން އޭނާގެ ހާލު ރަނގަޅު ނޫން ކަމަށާއި އަދި ''ބެޑް ރެސްޓް'' ކުރަމުންދާ ކަމަށެވެ.

ވިވާންގެ ފުރަތަމަ ފިލުމު ''ސާތު ޚޫން މާފް''ގައި އޭނާ މަސައްކަތް ކޮށްފައިވަނީ ޕްރިޔަންކާ ޗޯޕްރާއާއި އޭނާގެ ބައްޕަ، ނަސްރުއްދީން ޝާހުއާައި އެކުގައެވެ. ނަމަވެސް ގިނަ ބަޔަކަށް ވިވާން ފާހަގަ ކުރެވެން ފެށީ ޝާހުރުކް ޚާނާއި އެކު އޭނާ ކުޅުނު ''ހެޕީ ނިއު އިޔާ''ގެ ހެކަރ ރޯހަންގެ ކެރެކްޓާއިންނެވެ.

މި ދުވަސްވަރު އޭނާ އުޅުނީ އޭނާގެ ކުރިއަށް އޮތް ފިލުމު ''އަ ސުއިޓަބަލް ބޯއީ''ގެ ޕްރޮމޯޝަންތަކުގައެވެ. މި ފިލުމުގައި ވިވާންއާއިއެެކު އިޝާން ކައްތަރުއާއި ތާބު ވެސް ހިމެނެއެވެ.

މިހާތަނަށް ބޮލީވުޑުގެ ގިނަ ތަރިންނެއް ކޮވިިޑް-19 އަށް ފައްސިވެފައެެވެ. އޭގެ ތެރޭގައި އަމީތާބު ބައްޗަން، އަބީޝޭކް ބައްޗަން، އައިޝްވާރިޔާ، މަލައިކާ، އަރުޖުން ކަޕޫރު، އާފްތާބު ފަދަ ތަރިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު