ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ، ސްޕެއިންގެ ސިޓީއެއް ކަމަށްވާ ބާސެލޯނާ ފުރަބަންދު ކުރުމާއި ދެކޮޅަށް ބަޔަކު މަގުމައްޗަށް ނިކުމު ފުލުހުންނާއި ހަމަނުޖެހުން ހިންގައި، އަލިފާން ބޭނުންކޮށް، އެއް ބަޔަކު އަނެއް ބަޔަކަށް އެއްޗެހި އުކާ ހަދަމުން ދިޔަ ވަގުތެއްގައި ޕިއާނޯޯ ކުޅުންތެރިއެއް ދިޔައީ މަގުމަތީގައި ޕިޔާނޯއެއް ބަހައްޓައި ޕިޔާނޯ ކުޅެމުންނެވެ.

މި ސިޓީގައި ފުރަބަންދުގެ އައު ގަވާއިދުތަކެއް ޕްރައިމް މިނިސްޓަރ ޕެޑްރޯ އިޢުލާން ކުރުމާއި ގުޅިގެން ހިނގި މި ހަމަނުޖެހުމުގައި ޕިޔާނޯ ކުޅެން މަގުމަތީގައި އިން މީހާގެ ވީޑިއޯ އިންސްޓަގުރާމުގައި މިިދިޔަ ހޮނިހިރު ދުވަހު ހިއްސާ ކޮށްފައިވަނީ ''ސްޓްރީޓް މިޔުޒީޝިއަން''އެކެވެ.

ޕްރައިމް މިނިސްޓަރ ޕެޑްރޯ ވަނީ އޮކްޓޫބަރ މަހުގެ 25 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށް ކާފިއުގެ ވަގުތަކީ ރޭގަނޑު 11 އިން ހެނދުނު 6 އަށް ކަމުގައި އަންގައިފައެވެ. އަދި ކޮންމެހެން ގެއިން ބޭރަށް ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުދިޔުމަށް ވެސް އަންގައިފައިވެއެވެ.

މި ވީޑިއޯއިން ފެންނަނީ އެތައް ޒުވާނުންނާއި އާއްމުންތަކެއް ގައު އުކާ ހަމަނުޖެހުން ހިންގާތަނާއި ފުލުހުންގެ ވެހިކަލްތަކެއް އެތަނުގައި ހަރަކާތްތެރިވަމުންދާަ ތަނެވެ. މި ހުރިހާ ކަމެއް ފަހަތުގައި ހިނގަމުން ދިޔައިރު ވެސް ސްޕެއިން ނަމަކަށް ކިޔާ މި މީހާ އިންނަނީ ޕިޔާނޯ ކުޅޭށެވެ.

''އެޓާނަލް ފުލޭމް'' މި ލަވައިގެ ރާގަށް ޕިޔާނޯ ކުޅެން ސްޕެއިން އިންނަނީ ވަރަށް ހަމަޖެހިލައިގެންނެވެ. އޭނާގެ ފަހަތުގައި ހިނގަމުންދިޔަ ހަމަނުޖެހުމުގެ އެއްވެސް ހިލަމެއް ނުވާފަދައެވެ.

ސްޕެއިންގެ ކެޓަލޯނިއާގެ ސިޓީތަކުގެ ހުރިހާ ބާރތަކަކާއި ރެސްޓޯރެންޓުތަކެއް ވަނީ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ބަންދު ކުރެވިފައެވެ. އޭގެ ތެރޭގައި ބާސެލޯނާ ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު