ޗައިނާ ސުކޫލެއްގެ ތިންވަނަ ފަންގިފިލާއިން ފުންމާލި ޕުރީ ސުކޫލު އުމުރުގެ ކުއްޖެއް ސަލާމަތް ކުރީ އެ ސްކޫލްގެ އެންމެ ތިރީ ފަންގިފިލާގައި ހުރި ސެކިޔުރިޓީ ގާޑެވެ. އެ ކުއްޖާ ފުންމާލުމުން ތިރީގައި ހުރި ސެކިޔުރިޓީ ގާޑު ވަރަށް ހުޝިޔާރުކަމާއިއެކު އެ ކުއްޖާ ހިފީ އޭނާަގެ ދެ އަތުންނެވެ.

ފެއި ކައުންޓީ އެޑިޔުކޭޝަން ބިއުރޯއިން މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ އެއީ ކޮން ކުއްޖެއްކަން އަދި ނޭނގޭ ކަމަށާއި އެ ކުއްޖާ ހުރީ ކޮންމެވެސް ގޮތަކުން ސުކޫލުގެ ފާހާނާއެއްގައި ތަޅުލެވިފައި ކަމަށެވެ.

ޗައިނާގެ ނޫހެއް ކަމަށްވާ ''ގުޑް މޯނިން ޝެންޑޮކް''ގައި މި ކުއްޖާ ފުންމާލަން އުޅޭ ވީޑިއޯއެއް ވަނީ ހިއްސާ ކޮށްފައެވެ. މި ވީޑިއޯގައި އެ ކުއްޖާ އެެތަނުން ފުންމާނުލުމަށް މީހުން ބުނަމުންދާ އަޑު ވެސް އިވެއެވެ.

ކަމާއި ގުޅުން ހުރި އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުއްޖާ އެތަނުން ފުންމާލައިފައިވަނީ ފާހާނާގެ ކުޑަ ދޮރެއް ހުޅުވުމަށްފަހު ކުޑަ ދޮރު މައްޗަށް އަރައިފައި ކަމަށެވެ.

އެ ކުޑަ ކުއްޖާ އެތަނުން ފުންމާލައިފައިވަނީ އެ ކުއްޖާގެ މުދައްރިސުން ވެސް އެ ކުއްޖާ އެތަނުން ފުންމާނުމުލަށް އާދޭސްކޮށްކޮށް ހުއްޓައި ކަމަށް ރިޕޯޓްތަކުން ބުނެފައިވެއެވެ.

ސެކިޔުރިޓީ ގާޑު ކުއްޖާ ސަލާމަތް ކުރުމުން ދެން ގެންގޮސްފައިވަނީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި އެ ކުއްޖާގެ ނިތްކުރިއަށް ވަނީ ކޮންމެވެސް ވަރަކަށް އަނިޔާވެފައެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޗައިނާގެ އަލިފާން ނިއްވާ މީހަކު ވެސް ވަނީ ހަތަރުވަނަ ފަންގިފިލާގައި ސެކިޔުރިޓީ ބަރގައި ބޯ ތާށިވެފައި ހުރި ހަތަރު އަހަރުގެ ކުޑަ ކުއްޖަކު ސަލާމަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު