ކައިވެނީގެ ފުރަތަމަ ރޭ ނަށާނީ އޭނާގެ ބައްޕަ އުދިތު ނަރާޔަން ކިޔާފައިވާ ޕެހެލާ ނަޝާ ލަވައަށް ކަމުގައި މަޝްހޫރު ހޯސްޓް އަދި ލަވަކިޔުންތެރިޔާ އަދިތްޔާ ނަރާޔަން މި ވަނީ ބުނެފައެވެ. އޭނާ އާއި ޒަމާންވީ ލޯބިވެރިޔާ ޝްވާތާގެ ކައިވެނީގެ ކަންކަން މިހާރު ވަނީ ފެށިފައެެވެ.

ދެ ލޯބިވެރިންގެ ކައިވެނީގެ މަރުހަލާގެ ތެރެއިން ރޯކާ ހަފްލާ މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ. މެހެނދީ ހަފްލާ އޮތީ މި މަހުގެ 29ގައެވެ. އަދި ކައިވެނި ޕާޓީ އޮތީ އަންނަ މަހުގެ އެއް ވަނަ ދުވަހު ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. މި ޕާޓީ ބާއްވަން ހަމަޖެހިފައިވަނީ މުމްބާއީގައި ހުންނަ 5 ސްޓާރ ހޮޓަލެއްގައެވެ.

އަދިތްޔާ ބުނެފައިވަނީ އޭނާގެ ބައްޕަ، ޖޯ ޖީތާ ވޮހީ ސިކަންދަރު ފިލްމަށް ކިޔާފައިވާ ޕެހެލާ ނަޝާ ލަވައަކީ ޝްވޭތާއަށްވެސް ވަރަށް ކަމުދާ ލަވައެއްކަމަށެވެ. އެހެން ކަމުން ކައިވެނީގެ ހަފްލާގައި އެ ލަވަ އަށް ނަށާނެ ކަމަށް އަދިތްޔާ ވަނީ ބުނެފައެވެ.

އޭނާ ބުނީ، އެގޮތަށް އެ ލަވައަށް ނަށަން ބޭނުން ވަނީ އެއީ ޝްވޭތާ ފެނުނު ފުރަތަމަ ދުވަހުވެސް ފުރަތަމަ ނަޒަރުން ލޯބި ވެވުމުން ކަމަށެވެ.

އަދިތްޔާ ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ޕާޓއަށް ދައުވަތު ދެވޭނީ އާއިލާގެ މީހުންނާއި ގާތްތިމާގެ ރަހުމަތްތެރިންނަށް އެކަނި ކަމަށެވެ. މީގެ އިތުރުންވެސް އޭނާ ވަނީ ކައިވެނީގެ ފަހުން ކުރާނެ ވަރަށް ގިނަ ކަންތައްތައް ޕްލޭން ކޮށްފައެވެ. އެގޮތުން ވަކި އެޕާޓްމެންޓެއް ގަންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އޯހޯ

    އިބިލީސްމެނަށް ކައިވެނި ރޫޅަން ފަސޭހަވާނީކަމަށް ބެލެވެނީ.

    މޭ ﷲ ބްލެސް އޯލް މެރީޑް ކަޕްލްސް ވިތް ތުރޫ ޕީސް އެންޑް ހެޕިނެސް އާމީން

    10
    4
  2. މެރީ

    އާ މީން

  3. ރަފުޖހ

    ޕެހެލާ ނަޝާ ޕެހެލާ ހުވާ 💞💞

    3
    1