ބޮލީވުޑުގެ ބަތަލާ ޕޫނަމް ޕާންޑޭ ސަރުކާރުގެ ބިމަކަށް ހުއްދަނެތި ވަދެ އެތަނުގައި ބަރަހަނާ ވީޑިއޯ ޝޫޓު ކުރުމުގެ މައްސަލައެއްގައި ހައްޔަރު ކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހު ކެނަކޯނާ ޓައުންގައި ހުންނަ ޗަޕޯލީ ޑޭމްގައި ބަރަހަނާ ވީޑިއޯ ޝޫޓެއް ކުރިއެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ މި ޑޭމް ބަލަހައްޓައި ފަރާތުންނެވެ.

އެ ފަރާޔން ސްޓޭޓް ވޯޓަރ ރިސޯސަސް ޑިޕާޓްމަންޓުން ފުލުހަށް މައްސަލަ ހުށަހެޅިއިރު، އެ މައްސަލައާއި ގުޅިގެން ދެ ފުލުހެއް ވެސް ވަނީ ސަސްޕެންޑް ކުރެވިފައެވެ. މި ދެ ފުލުހުން ސަސްޕެންޑު ކުރެވިފައިވަނީ އެ ވީޑިއޯ ޝޫޓުގެ ޓީމު މީހުންނާއި ޕޫނަމް ޕާންޑޭއަށް ހިމާޔަތް ދިނުމުގެ ސަބަބުންނެވެ.

މިއަދު ކެނަކޯނާގެ ރައްޔިތުންވަނީ އެ ޓައުން ބަންދު ކުރުމަށާއި ޕޫނަމްއާއި އޭނާގެ ޓީމަށް ހިމާޔަތް ދިން ދެ ފުލުހުން ސަސްޕެންޑު ކުރުމަށް ގޮވާލާ މުޒާހަރާވެސް ކޮށްފައެވެ.

ސަސްޕެންޑް ކުރެވިފައިވާ ޕޮލިސް އިންސްޕެކްޓަރ ތުކާރަމް ޗަވަންއާއި ކޮންސްޓެބަލްގެ ތަހުގީގު ފަށައިފައިވާ ކަމަށް ސުޕަރއިންޓެންޑެންޓް އޮފް ޕޮލިސް ބުނެފައިވެއެވެ. އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ދެވޭނީ ތަހުގީގަށް ފަހުގައި ކަމަށް ވެސް ބުނެފައިވެއެވެ.

ޕޫނަމް ޕާންޑޭ ހައްޔަރު ކުރެވިފައިވަނީ ބަރަހަނާ ވީޑިއޯ ކުޅުމާއި، ސަރުކާރުގެ ބިމަކަށް ހުއްދަ ނެތި ވަނުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޕޫނަމް ޕާންޑޭ ކުޅެފައިވާ ބައެއް ފިލުމުތަކަކީ ''ނަޝާ''، ''އާގަޔާ ހީރޯ''، ''ލަވް އިސް ޕޮއިސަން'' ''ޖަބް ޕިޔާރު ކިޔާ ތޮ ޑަރްނާ ކިޔާ'' ފަދަ ފިލުމުތަކެވެ.

ކިޔުންތެރިންގެ ހިޔާލު