ބޭރުފުށަށް ބަލައި ގޮތް ކިޔާކަށް ނުވާނޭ ބުނާއަޑު ނާހާ މީހަކު މަދުވާނެ އެވެ. ބައެއް ފަރާތްތަކަކީ މާ އަވަހަށް ކަމުގެ ހަގީގަތަށް ނުބަލައި ގޮތް ކިޔާ މީހުންނެވެ. އަދި އަސްލު ހަގީގަތް އެނގި ތިމާ ދެއްކި ވާހަކަ އާއި މުޅިން ތަފާތުވާ ހާލަތައް އަންނަތަންވެސް އައިސްދާނެ އެވެ. ބޭރުފުށަށް ފުށަށް ބަލައި މި ގެއަކީ 1.8 މިލިއަން ޑޮލަރުގެ އަގުހުރި ގެއެކޭ ބުނެފިނަމަ ގަބޫލުކުރާނޭ މީހަކު މަދުވާނެ އެވެ. އެންމެވެސް ހިތަށް އަރާނީ ގޭގެ ބޭރު މިވަރަށް ހަލާކުވެފައި އިހުގެ ގެއެއް ވައްތަރު ޖަހާތީ މިއީ ބަޔަކު ނޫޅޭ އަހަރުތަކެއް ވެފައިވާ ގެއެއް ކަމަށެވެ.

ނިއު އޯލީންސް ގައި ހުންނަ މި ގޭގެ ހަގީގަތް އެނގޭ މީހުން މަދުވި ކަމުގައި ވިޔަސް މިއީ 200 އަހަރުވެފައިވާ އަސާރީ ގެއެކެވެ. ބަލާބެލުމަށް ދެންމެދެންމެ ވެއްޓިދާނޭ ކަމަށް ހީކުރެވުނު ކަމުގައި ވިޔަސް މިއީ ތަފާތު ކަންތައްތަކެއް ހިމެނޭ އާދަޔާ ހިލާފު ގެއެކެވެ. ގޭގެ އެތެރޭގައިވާ އަގުބޮޑު ތަކެތި ފެނިފައި ގެއަށް ވަންނަ ކޮންމެ މީހަކުވެސް ހައިރާން ވާނެ އެވެ. ގެއަށް ވަންނައިރު ގޭގެ ބޭރާއި މުޅިން ގޭގެ އެތެރެ ތަފާތުކަން ފާހަގަ ވާނެ އެވެ.

ފޮޓޯ:ހައުން އެންޑް ގާޑެން ނިއުސް

މިއީ ގޭގެ މީހުން ދިރިއުޅޭ ބައެވެ. މިބައިގައި ބަލާލި ކޮންމެ ދިމާލަކުން ލޮލުގައި އަޅައިގަންނަ ހިތްގައިމުކަމާއި ރީތި ކަމެވެ. ބިންމަތި ހަދާފައި ވަނީ ރީތި އަގުބޮޑު ވަކަރުންނެވެ. އަދި ފާރުތައްވެސް އެހާ ފުރިހަމަވެފައި ބަލާލަންވެސް ރީއްޗެވެ.


މީހުން ދިރިއުޅޭ ތަނުން ފެންނަން ހުންނަ ރީތި ބަދިގެ އެކެވެ. ކައްކަން ބަދިގެއަށް ވަންނަ ހިތް ނުވާ މީހަކުވެސް މާބުލް އިން ހާދާފައިވާ މި ބަދިގެއަށް ވަންނަން ތައްޔާރަށް ހުންނާނެ ޔަގީނެވެ. ބިންމަތި ވިދަވިދައި ހުރި އިރު ބަދިގޭގެ ސާފުކަމުންވެސް ބަދިގެއިން ނިކުންނަ ހިތް ނުވާނެ އެވެ.

ފޮޓޯ: ހައުސް އެންޑް ގާޑެން

ކޮފީއެއް ބޯލަން ނުނީ އާއިލާއާއި އެކު ހިތްހަމަޖައްސާލައި ވާހަކަ ދައްކާލަން މިއަށްވުރެ ހިތްގައިމު ތަނެއް ނުހުންނާނެ އެވެ. ފެހިކުލައިގެ މުށިތައް ޖަހާފައިވާ ގަސްތަކުން ފުރިފައިވާ މިތަނަކީ ހިތްހަމަޖައްސާލުމަށް އެންމެ ރަނގަޅު ތަނެވެ.

ފޮޓޯ: ހައުސް އެންޑް ގާޑެން

ގެއެއްގެ އެންމެ ބަލާހިތްވާ އެއްތަނަކަށް ވާނީ ގޭގެ ނިދާ ކޮޓަރިއެވެ. މި ނިދާ ކޮޓަރިއަކީ އޭގެ ފުރިހަމަކަމާއި ރީތިކަމުގެ ވާހަކަ ދައްކަދައްކައި ނުނިމޭނެ ރީތި ނިދާ ކޮޓަރިއެކެވެ. އެނދުގައި އޮންނައިރު ކައިރީގައި ހުރި ރީތި ޗާންދެލިޔާވެސް ރީއްޗަށް ފެންނަން ހުންނާނެ އެވެ. އަދި ދަމާފައިވާ ރީތި ކާޓެއިން ތަކުން ކޮޓަރިއަށް އިތުރު ހިތްގައިމު ކަމެއް ގެނެއެވެ.


ގޭގެ ފާހަނާ އަކީ އެތަނުގެ ވާހަކަ ނުދައްކާ ނުދެވޭނޭ އެއް ތަނެވެ. ގޭގެ ހުރިހާ ތަނެއް ރީތިވިކަމުގައިވިޔަސް ފާހަނާ ހަޑިނަމަ ގޭގެ ރީތިކަމެއް ގެއްލޭނެ ކަަމށް ގިނަބަޔަކު ބުނެއެވެ. އެގޭގެ ފާހަނަ ރީތިކަމުންވެސް އަންތިރީސްވާވަރު ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންނި

    އަހަރެންގެ ގެވެސް ތިޔައްވުރެ ރީތިވެފަ އަގުހުންނާނެ.

    5
    18