ސާދަ ފިރިހެން ދަރިން ލިބުނު އެމެރިކާގެ ދެމަފިރިއަކަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ.

"ސްކައި ނިއުސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާގެ މިޗިގެން ސްޓޭޭޓަށް އުފަން ޖޭ ޝަވާންޑް އާއި އޭނާގެ އަންހެނުން ކެތްރީ އަށް ވަނީ 14 ފިރިހެން ދަރިންނަށް ފަހު އަންހެން ދަރިއަކު ލިބިފައެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ އާއިލާއިން އަލަށް މަރުހަބާކީ އަންހެން ކުއްޖާ އަށް ކިޔާފައި ވަނީ މެގީ ޖޭންއެވެ.

ޖޭ ބުނެފައިވާ ގޮތުގައި މިއީ އެ އާއިލާއަށް ވެސް ލިބުނު އެންމެ ބޮޑު އެއް އުފާ ކަމަށާއި، މެގީ ލިބުމުން މުޅި އާއިލާއިންވެސް ތިބީ ވަރަށް އުފާވެފައި ކަމަށެވެ. އެ ދެމަފިރިންނަށް މެގީ ލިބިފައި ވަނީ 28 އަހަރު ވަންދެން ފިރިހެން ކުދިން ލިބިލިބި ތިއްބައެވެ.

މެގީ ވިހާފައި ވަނީ ސެއިންޓް މޭރީ ހޮސްޕިޓަލަށް ކަމަށާއި، މެރީ އަކީ ސިއްހަތު ރަނގަޅު ކުއްޖެއް ކަމަށް އެ އާއިލާއިން ވަނީ ބުނެފައެވެ.

އެމީހުންގެ އެންމެ ދޮށީ ދަރި ޓައިލާ ޝަވާންޑް ބުނެފައިވާ ގޮތުގައި 14 ފިރިހެން ދަރިންނަށްފަހު އޭނާގެ މަންމަ އާއި ބައްޕަ އަންހެން ކުއްޖަކު ލިބޭނެ ކަމުގެ އުންމީދު ކަނޑާލިއެވެ. ޓައިލާ މިހާރު އުޅެމުން ދަނީ އޭނާގެ އާއިލާއާއި ދުރުގައެވެ. އޭނާ އަށް މިހާރު 28 އަހަރުވެފައި ވާއިރު، މިހާރު އޭނާ އަންނަނީ ކައިވެންޏަކަށް ތައްޔާރު ވަމުންނެވެ.

ޖޭ އާއި ކެތްރީ ލޯބީގެ ގޮތުން ގުޅިފައި ވަނީ ހައި ސްކޫލުގައި ކިޔަވަނިކޮށެވެ. އެއަށްފަހު ކައިވެނި ކުރުމަށްފަހު ޑިގްރީވެސް ހަދާފައި ވަނީ ދެމީހުން އެއްކޮށެވެ.

ކައިވެންޏަށް ފަހު ޑިގްރީ ނިމެންދެން އެ ދެމަފިރިންގެ ތިން ދަރި ތިއްބެވެ. އެ ދެމަފިރިން މިހާރު ވަނީ މަސްޓަސް ވެސް ނިންމައި ފޯރުންތެރި ދިރިއުޅުމެއް ފަށައިފައެވެ. ކެތްރީ ވަނީ ސޯޝަލް ވޯކްސް އިން މާސްޓާސް ހަދައިފައެވެ. ޖޭ އަކީ ވަކީލެކެެވެ. އެއާ އެކު އޭނާގެ ނަންމަތީގައި ސާވޭ ކުންފުންޏެއްވެސް އޮވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޭތެރެ ދުރުކުރާބެ

    މީގައުމުގެ ރައްޔިތުންނައް މިހާރު ވަރައްމުހިންމުވާހަކައެއް ރިގްދެއްވަނީ މާތް ﷲ ކަން ހަދާން ކުރަންވީ މައުމޫނުގެ ބަހައް ހެއްލި 2ކުދިންނައްވުރެ ގިނަ ކުދިން ހޯދާފިއްޔަކާ ކާކައް ބޯކައް ނުދެވޭނޭ ކިޔައިގެން ދޭތެރެ ދުރުކޮއް ގައުމުގެ 3 ޖީލް ނައްތާލީ ވަރިގިނަވުމުގެ ސަބަބަކީވެސްމީ އަސްލުގަ ކުޑަދަރިފުޅުގެ ލޯބީގައި ދެމެފިރިންގެ ލޯބިއިތުރުވާ ކަމައް މިހާރުގެ ދިރާސާތަކުން ދައްކަނީ މީގެ 1400 އަހަރުކުރިން ސުންނަތުން މިކަން އެގެން އެބައޮއް މިހަގީގަތް ބޮލާލާ ޖަހާފައި އަމިއްލަގޮތެއް ހޯދުމުގެ ސަބަބުން މުޅިގައުމު ހަލާކްގެ ތެރެޔައް ގޮސްސައިމިއޮތީ ވަޒީފާއެއް އަދާކުރާނެ މީހަކުނެއް ފުދުންތެރިކަމާ އަމިއްލަވަންތަ ކަމުގަ އުޅެއުޅެ ތިބިބަޔަކު ކުއްލިޔަކައް ފިރުއައއުނު އުފަންވި ގައުމުން ތައުލީމް ހާސިލް ކުރިމީހެއްގެ ބަހައް ހެއްލުމުގެ ހިތިހިތާމަ މުޅިގައުމައް މިވަނީ ވެރިވެފައި